ކޮވިޑް 19 އާއި ގުޅިގެން އެންމެ ބޮޑަށް ދިމާވާ އަލާމާތްތަކަކީ ނޭވާލުމުގެ ނިޒާމަށް ދިމަވާ މައްސަލަތަކެވެ. މިގޮތުން ގިނަ ވޭދަނަ (ކޭސް) ތަކުގައި މިއީ އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކެވެ.

މިހާރު އާ ހޯދުންތަކަށް ފަހު ޑޮކްޓަރުން ބުނާ ގޮތުން، އޮކްސިޖަން ހަށިގަނޑުގައި ހުރި ލެވެލް މޮނިޓަރކޮށްގެން ކޮވިޑް 19 ހުރި މީހުން ކުރީބައިގައި ދެނެގަނެވިދާނެއެވެ.

އޮކްސިމީޓަރ އަކީ ހަށިގަނޑަށް ބޭނުންވާވަރަށް އޮކްސިޖަން ލިބޭކަން ނުވަތަ ނޫންކަން ޔަޤީންކުރަން އެންމެ ކަމުދާނެ އެއްގޮތެވެ. މިހާރު އޮކްސިޖެން ލެވެލްތައް ބެލުމަށް ބޭނުން ކުރާ އާލާތްތަކުގެ ޑިމާންޑްވަނީ ބޮޑުވެފައެވެ.

އެގޮތަށް އޮކްސިޖަން ޓެސްޓް ކުރުމުން ހަށިގަނޑުގައި އޮކްސިޖަން މަދު މީހުން ދެނެގަނެވޭނެއެވެ. މީހެއްގެ ހަށިގަނޑުގައި އޮކްސިޖަން މަދު ވުމަކީ، ނޭވާލާ ނިޒާމުގެ މައްސަލައެއް ހުރިކަމުގެ ނިޝާނެކެވެ. ޑޮކްޓަރުން ވަނީ މިހާރު ކޮންމެވެސް ވަރަކަށް މި ގޮތަށް އޮކްސިޖަން ބެލުމުގެ މަސައްކަތް ހޮސްޕިޓަލްތަކުގައި ވެސް ކުރަން ފަށާފައެވެ.

އެހެންނަމަވެސް ޕަލްސް އޮކްސް ބޭނުން ކުރާ އިރު ނޭވާލާ ނިޒާމުގެ އެއްވެސް މައްސަލައެއް ހުރިކަމަށް ޝައްކު ނުވާނަމަ، އޮކްސް ބެނުމެއް ނުކުރާނެއެވެ.

މި ހާލަތުގައި ވެސް އެންމެ މުހިންމީ ގައިދުރު ކުރުމާއި (ސޯޝަލް ޑިސްޓެންސިން) ، އަތް ދޮވުމާއި، ސެލްފް މޮނިޓަރިން ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. އަދި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލަނބާ ކަމޭއް ހިތުމަށް ވެސް ޑޮކްޓަރުން އިލްތިމާސްކުރެއެވެ.

ކޮވިޑް 19 ގެ ހުރިހާ މައުލޫމާތެއް އަދި އެނގެން ނެތް އިރު، އެ ބައްޔާއި ބެހޭ އާ ހޯދުންތައް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.