ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް އަދި ފަރުވާ ދެވެމުން އަންނަނީ ނުބައިކޮށް ކަމަށް ތަޖުރިބާކާރު ޑޮކްޓަރުންތަކެއް ދާދި ފަހުން ހެދި ދިރާސާ އަކުން ހާމަވެއްޖެއެވެ.
މި ވައިރަހަށް ކޮވިޑް-19ގެ ނަން ދެވިފައިވާއިރު އެންމެ ފުރަތަމަ ޑޮކްޓަރުން ހީކުރީ މިއީ ހަމައެކަނި ނޭވާލާ ނިޒާމަށް އަސަރު ކުރާ ބައްޔެއް ކަމަށެވެ. އެހެންކަމުން ބަލީގެ ނަންވެސް ވަނީ އެކަމާއި ގުޅުވާފައެވެ. ނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާގޮތުން ކަންތައް ވަނީ މިހެންނެެއް ނޫނެވެ.
މި ވައިރަސް ޖެހޭ ބައެއް މީހުންނަށް ހާޓް އެޓޭކާއި ސްޓްރޯކް ތައްވެސް ޖެހޭއިރު، ލޭ ހޮޅިތައް ބެދުން ފަދަ ކަންކަންވެސް ވެއެވެ. އެހެންކަމުން މިހައިތަނަށް މިއީ ހަމައެކަނި ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސް އެއް ކަމަށް ދެކިގެން ޑޮކްޓަރުން ފަރުވާ ދޭނަމަ، އެންމެ ރަނގަޅު ފަރުވާ ނުދެވޭނެ ކަމަށާއި ނުބައި ފަރުވާ އެއް ދެވިފައި ހުރެދާނެކަމަށްވެސް ކަމުގެ މާހިރުން ވަނީ ބުނެފައެވެ.
”މިހާރު ފެންނަ ފެނުމަށް މިއީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ނޫން. މި ބަލި ފެށެނީ ނޭވާލާ ނިޒާމުން. ދެން އަސްލު ވަައިރަސް ހަމަލާ ދެނީ މީހާގެ ލޭ ހޮޅިތަކަށް. މީގެ ކުރިން ފެނުނު ސާސް ވައިރަހާއި އެޗްވަން-އެންވަން ވައިރަސް ވެސް ހަަމަލާ ދެނީ ހަމައެކަނި ނޭވާލާ ނިޒާމަށް. އެ ވައިރަސްތައް ކޮވިޑް-19 އާއި މުޅިން ތަފާތު. މިއީ މާ ނުރައްކާތެރި ބައްޔެއް“ ވަައިރަސް ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މަންޑީޕް މެހްރާ ވިދާޅުވެފައި ވެއެވެ.
ކޮވިޑް-19 ފެތުރެން ފެށިތާ މިއީ 6 ވަނަ މަސް ކަމުގައި ވާއިރު، މުޅި ދުނިޔެ އަދި ވަނީ ވަައިރަހާއި ހަނގުރާމަ ކުރުމަށް ނުކުޅެދިފައެވެ.
ކީއްވެ އަހަރެމެންގެ ދަންނަ މީހުން މިކަން ހާމަ ނުކޮށް ތިބީ؟
ޢޯކޭއޭ، ދިވެހި ޑޮކްޓަރުންނަން މީ ހަމަ ބޯމެޓާ...
There is no might nor power except with Allah
އެކަމަކު މިގައުމުގެ ދާދާ ވިދާޅުވަނީ އެއީ އާދާއިގެ އަރިދަފުސް ރޯގާއެކޭ. އަޅުގަޑަށް ނޫންތޯ އެގޭނީ ދުނިޔޭގެ ހުރިހާ ސައިންސިސް ޓުންނާ ފާދިރިން ވެސް އަޅުގަޑާއި ގުޅުން އޮވޭ
ސަައިންސިސްޓުންނާއި ޑޮކްޓަރުން ހޭބޯނާރާ ކުރާކަމަކީ މީސްތަކުންގެތެރޭގައި ސިއްޙީބިރުވެރިކަން އުފެއްދުމެވެ.
There is no might nor power except with Allah
ކޮއްމެވެސް ކުއްޖަކު ކެނެރީގޭ މަރަމޯލަށް މިހަ ބަރު އިއްވާލަ ދީ ބަލަ
އަޅުގަނޑު ބުނާނީ ތީ ސައްހަ ހަބަރެއްނޫނޭ ގރ.މޯދީއާ ޑ.ޓުރަމްޕާ ތިންބޭންވެގެން ވަރައްރިސާޗު ކޮއްފިން.
އަހަރުމެން މިހާރު މާއީޒީ ކޮށްލައިގެން ހަމަ ޕަޓަސް ޕަޓަސް މިހާރު މީހުން އެއޮއްގެން ނިކުންނަނީ ބަލިންރަގަޅުވެގެން. އިރާދަކުރެއްވިއްޔާ އަހަރުމެންގެ ޑޮކްޓަރުން މާ ފުންނާބު އުސް. ދާދި މިދާކަށް ދުވަހު އަހަރުމެން އަޑުއެހީމު ދިވެހިޑޮކްޓަރުންގެ ހުނަރާއި ޤާބިލް ކަމާއި އެހީތެރިކަމުގެ ވާހަކަ ޔޫރަޕްގެ ގަދަބާރެއްގެ ރައިޔިތެއްގެ ދުލުން. އަހަރުމެން ދިވެހި ޑޮކްޓަރުން ވިދާޅުވާނީ ވަރަށް ދިރާސާކުރައްވާފަ. އެބޭފުޅުން އެކުރައްވަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް އަހަރުމެންނަށްޓަކައި. މިބަލި އެކިކަންކޮޅުތަކުން ބަލަމުން އައިސް އަދިވެސް ބަލީގެ އަސްލަކީ ސީދާކޮބައިކަން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސްޕެޝަލިސްޓުންވެސް ސީދާ ނުބުނޭ. ފުއްޕާމެއާ ލޭހޮޅިތަކާ ވަރަށްގުޅިފައި ހުންނާނީ.