ދަތް ސާފުކޮށް ބަހައްޓައި ގަވާއިދުން ދަތް އުނގުޅުމަކީ ސާފު ތާހިރުކަންމަތީ ހުރުމަށް ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެކެވެ.

ދަތް އުނގުޅުމަކީ އާދަކޮށް ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަމަކަށްވާއިރު، ބައެއް މީހުން ދަތް އުނގުލަން ފެށުމުގެ ކުރިން ދަތް އުނގުޅަން ބޭނުން ކުރާ ބުރުސް ތެންމާލައެވެ. މިގޮތަށް ކަންތައް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ނުވަތަ އެއީ އެންމެ ރަނގަޅު ގޮތްތޯ ކުރެވޭ ސުވާލަކީ ގިނަ ބައެއްގެ ހިތުގައި އުފެދިފައި ވާނެ ސުވާލެކެވެ.

ތަޖުރިބާކާރުން ބުނާގޮތުން ދަތް އުނގުޅަން ފެށުމުގެ ކުރިން ދަތް އުނގުޅާ ބުރުސް ތެންމުމަކީ ކުރުން ރަނގަޅުކަމެކެވެ. ނަމަވެސް މިގޮތަށް ބުރުސް ތެންމާއިރު، އެންމެ ރަނގަޅު ގޮތަކީ ހޫނު ފެނުން ބުރުސް ދޮވެލުން ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި އެއީ ސިއްޙީ ގޮތުން ބަލާއިރުވެސް އެންމެ ރައްކާތެރިގޮތް ކަމަށް އެފަރާތްތަކުން ބުނެއެވެ.

އާއްމުކޮށް މިގޮތަށް ބުރުސް ތެންމަނީ ދަތް އުނގުޅަން ފަސޭހަޔަކަށެވެ. އަދި އެކަމުން އެއްވެސް ގެއްލުމެއް ނުވަތަ ވަކި ފައިދާއެއް ނުވާނެކަމަށް މާހިރުން ބުނެއެވެ. އެހެންކަމުން ދަތް އުނގުޅަން ފެށުމުގެ ކުރިން ފެނުން ބުރުސް ތެންމާލުމާއި އެނޫން ގޮތަކަށް ދަތް އުނގުޅުމާއި ތަފާތެއް ނެތެވެ. މުޙިންމޫ ދަތްތައް ސާފުވާނޭފަދަ ގޮތަކަށް އާދަކޮށް ދަތް އުނގުޅުމެވެ.

މަދުވެގެން ދުވާލަކު ދެ ފަހަަރަށް ދަތް އުނގުޅަން ޖެހެއެވެ، މި އިން ކޮންމެ ފަހަރަކުވެސް މަދުވެގެން ދެ މިނިޓް ވަންދެން ދަތް އުނގުޅުމަކީ އެންމެ ރަނގަޅުގޮތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.