ލުނބޯ ފަނި ގިނަ މީހުނަށް ނުބައި ބުއިމަކަށް ވިޔަސް އެއީ ސިއްޙިގޮތުން ވަރަށް ފައިދާ ބޮޑު ބުއިމެކެވެ. މިގޮތުން ކޮންމެ ދުވަހަކު ލުނބޯ ފަނި ތައްޓެއް ބޮއެފިނަމަ ސިއްޙަތަށް އެތައް ފައިދާތަކެއް ލިބެއެވެ. ލުނބޯއަކީ އޭގެ ޒާތުގައި ވަރަށްވެސް ގިނަ ވިޓަމިން އެކުލެވޭ މޭވާއެކެވެ.

ތާފަނާ ފެނާއެކު ލުނބޯ ފަނި ބުއިމަކީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން މިއީ ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަމެއް ވެސް މެއެވެ. ލުނބޯ ފަންޏަކީ ވިޓަމިން ސީ ފަދަ އެންޓި އޮކްސިޑެންޓް ހުރެއެވެ. ލުނބޯގައި ހިމެނޭ ސައިޓްރިކް އެސިޑް އަކީ ސަރުބީ ވިރުވާ މާއްދާ އެކެވެ.

އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންނަމަ، ދެތިން ހަފްތާވަންދެން އާދަކޮށް ކޮންމެ ދުވަހަކު މަދުވެގެން ދެ ތަށި ލުނބޯ ފަނި ބޭނުންކުރާށެވެ. ފަލަމީހުންވެސް ލުނބޯ ފަނި މާމުޔާއި އެއްކޮށްގެން، ކޮންމެ ދުވަހަކު ހެދުނު ހައިބަނޑާހުރެ ބޭނުންކުރުމުން ވަރަށް އަވަހަށް ބަދަލު ފެންނަމުންދާނެ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

މީގެ އިތުރުން ލުނބޯ ފަނީގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހުރުމުގެ ސަބަބުން ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ދުޅަހެޔޮކޮށްދެއެވެ. އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދިނުމާއި ފާރުގަނޑު އަވަހަށް ފަސޭހަކޮށްދިނުމަށްވެސް ލުނބޯގައި ހިމެނޭ ވިޓަމިން ސީ އެހީއަކަށް ވެއެވެ.