އިސްކޮޅުން ކުރުވެގެން އެކަމާ ހާސް ވޭތަ؟ އިސްކޮޅުން ކުރު މީހުން ދިގު ވާން ކުރެވިދާނެ ހަތަރު ކަމެއް ޑރ. ބްރިއަން ބޮޒާ ވަޝްލާ ކިޔައިދީފިއެވެ.

ޑރ. ބްރިއަން ބޮޒާ ވަޝްލާ (ބެވާލީ ހިލްސް ގެ ލޮލުގެ ސާޖަން)، ދިގުވާން ކުރެވިދާނެ ހަތަރު ކަމެއް ކިޔާދީފައި ވަނީ 1.1 މިލިއަން މީހުން ފޮލޯ ކުރާ އޭނާގެ ޓިކްޓޮކް އެކައުންޓަށް ލައިފައިވާ ވީޑިއޯ އެއްގައެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައި ވަނީ "އިސްކޮޅުގެ %60 އަކީ ޖެނެޓިކްސް، އޭގެ މާނަ އަކީ %40 އަކީ ދިގުވާން އަމިއްލައަށް ކުރެވިދާނެ ކަންތައް ކަމަށެވެ."

ޑރ. ބްރިއަން ހިއްސާކޮށްފައި ވަނީ އޭނާ ދިގުވާން ކުރި މަސައްކަތެވެ. ފުރަތަމަ ކަމަކަށް 9-8 ގަޑި އިިރު ނިދީ ކަމަށް ޑރ. ބްރިއަން ބުނެއެވެ. މީހާ ހެދި ބޮޑުވުމަށް ނިދި އެއީ ވަރަށް މުހިންމު ބަޔެކެވެ.

ދެވަނަ ކަމަކަށް ޑރ. ބްރިއަން ބުނެފައިވަނީ ވަރަށް ގިނައިން ކިރު ބުއީ ކަމަށެވެ. ގެރި ކިރަކީ 'ގްރޯތް ހޯމޯން' އިތުރު ކޮށްދީ މީހާ ހެދި ބޮޑު ވުމަށް އެހީވެދޭ އެއްޗެކެވެ. އޭގެ އިތުރުން ބަރު އެއްޗެހި އުފުލި ކަމަށް ޑރ. ބްރިއަން ބުނެފައިވެއެވެ. ބަރު އެއްޗެހި އުފުލުމަކީވެސް ގްރޯތް ހޯމޯން އިތުރު ކޮށްދޭ ކަމެކެވެ. ހަތަރު ވަނަ ކަމަކަށް އޭނާ ފާހަގަ ކޮށްފައި ވަނީ ރަނގަޅު 'ބޮޑީ ޕޯސް' އެވެ.

މިގޮތަށް ކަންތައް ކުރުން މީހާ ދިގުވާނީ ކިހާވަރަކަށް ކަމެއް ނޭންގުނަސް، ދިގު ވުމަށް އެހީ ވެދޭ ކަމަށް މެޑިކަލް ސްޓަޑީސް ތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެނޮނިމަސް

    ވަރަށް ރަނގަޅު ވާހަކަ އެއް

  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ހުސްފޭކު ހަހަހަ .... އެހެންވެގެންދޯ ސަލްމާޙާނު އެހާދިގީ

    6
    3