ރީތި ހަށިގަނޑަކަށް ހަންގަނޑަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމަކަށްވާއިރު ފަރުވާކުޑަކޮށްލާފައި ކުރެވޭ ބައެއް ކަންކަމުން ހަންގަނޑު ހަލާކުވުމަށް މަގުފަހިވެއެވެ. އަދި ހަންގަނޑުގެ އިތުރުން ބައެއް ނޭދެވޭ ކަންކަމުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބެއެވެ.

ހަމުގެ ކުލަ އަލި ކުރުމަށް ގިނަ ކަންތައް ކުރެއެވެ. ގުތުރަތީ އެއްޗެހިން ހަންގަނޑު ރީތިކުރުމުގެ ބަދަލުގައި އަވަހަށް ބޭނުންކޮށްލެވޭ އެއްޗަކުން މޫނު ރީތިކޮށްލައެވެ. އެގޮތުން ވަގުތީ ރީތި ކަމެއް ގެނުވައިދޭ އެކެއްޗަކީ ބުލީޗް ކުރުމެވެ. ރާއްޖޭގައިވެސް އާންމުކޮށް މީހުންކުރާ މިކަމަކީ ހަންގަނޑު ހަލާކުކޮށްލާ މީހާގެ ރީތިކަން ގެއްލުވާލާ ކަމެކެވެ. ބާރުގަދަ ކެމިކަލްއިން ތައްޔާރުކޮށްފައި ހުންނަ ތަކެތި މޫނުގައި ނުވަތަ ގައިގާ ހޭކުމުން ގިނަ ސިއްހީ މައްސަލަތަކަށްވެސް މަގުފަހިވެއެވެ.

ލޮލަކީ މީހާ އެންމެ ފުރަތަމަ ފެންނައިރު އަޅައިގަންނާނެ އެއް ތަނެވެ. މީހާގެ މޫނު މައްޗަށް ބަލާލާއިރު ލޮލުގެ ރީތިކަމުން އެމީހާ ދެނެގަނެވޭނެއެވެ. އެގޮތުން މިޒަމާނުގައި އާންމުކޮށް މީހުން ކުރާ ކަމެއްގެ ގޮތުގައި ލޮލުގެ ކުލަ ބަދަލުކުރުމަށް ކޮންޓެކްޓް ލެންސް ބޭނުންކުރެއެވެ. ލޮލުގެ ފެނުން ދަށްވީމަ އައިނު އެޅުމުގެ ބަދަލުގައެއް ނޫނެވެ. ފޮންޏަށެވެ. ދުވާލަކު ކުލައެއްގެ ލެންސެން ލޮލަށް ލެއްވުމަކީ މީހާގެ ލޯ ހަލާކުކޮށްލާނެ ކަމެކެވެ. އަދި ފުރިހަމަ ފަރުވާއެއް އެކަމަށް ނުދެވިއްޖެނަމަ އެއީ ލޮލުގެ ފެނުންވެސް ގެއްލުމަށް މަގުފަހިކުރުވާ ކަމެކެވެ.