ވަކި އިބާރާތެއް، ނުވަތަ ލަވައެއްގެ ތަންކޮޅެއް ބޮލުގައި ހަރުލައި އޭގެ ސަބަބުން ގިނަ އުނދަގޫތަކެއް ވޭހެއްޔެވެ؟ އެކަމުން ސަލާމަތްވާނެ ގޮތެއް ބޭނުން ހެއްޔެވެ؟

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. މިކަމަށް ބޭނުން ވަނީ ހަމައެކަނި ޗުވިންގަމް އެކެވެ.

މިގޮތަށް ބޮލުގައި ލަވަޔަކުން ބައެއް ނުވަތަ ވަކި އިބާރާތްތަކެއް ހަރުލާފައި ހުރުމަށް ކިޔަނީ އިޔަރވަރމް ނުވަރަ ބްރެއިންވަރމްއެވެ. މި ހާލަތް މީގެ ކުރިންވެސް ދިރާސާ ކުރެވިފައި ވީނަމަވެސް، މިކަން މިހެން ވާންދިމާވާ ސަބަބެއް، ނުވަތަ މިކަމުން ސަލާމަތްވާނެ ގޮތެއް މީގެ ކުރިން ހޯދިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޗުވިންގަމް ހެފުމަކީ މި ހާލަތުން ސަލާމަތް ވެވިދާނެ ގޮތެކެވެ.

މި ދިރާސާގައި ބައިވެރިވި 98 ވޮލަންޓިއަރުންނަށް ޑޭވިޑް ގުއެޓާގެ ޕްލޭ ހާޑް އާއި މެރޫން 5 ގެ ޕޭފޯން އިއްވުމަށްފަހު، 3 މިނެޓް ވަންދެން (3 ޙާލަތެއްގައި) މި ލަވަތައް އެމީހުންގެ ޚިޔާލަށް އަންނަނީ ކިތައް ފަހަރުތޯ ބެލުނެވެ.

ޗުއިންގަމް ހަފަމުންދިޔަ 3 މިނެޓުގެ ތެރޭގައި ޗުއިންގަމް ނުހަފައި އިން 3 މިނެޓާއި އިނގިލިން މޭޒުމަތީގައި ޓެޕްކުރަމުން ދިޔަ 3 މިނެޓަށްވުރެ ލަވަޔާއި މެދު ވިސްނައި، ޚިޔާލު ކުރެވުނުވަރު މަދުކަން ބައިވެރިންނަށް ފާހަގަ ކުރެވުނެވެ.

އަދި ޗުއިންގަމް ހެފުމުގެ ސަބަބުން ބޮލުތެރޭގައި ލަވަ އަޑުއިވޭލެއްވެސް ވަނީ 33 އިންސައްތައަށް ކުޑަކުރެވިފައެވެ.

ކަން މިހެން ހުރި ނަމަވެސް، ޗުއިންގަމް ބޭނުންކޮށްގެން އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ ފަދަ ޑިސްއޯޑަރތަކަށް ފަރުވާކުރެވިދާނެތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް މި ދިރާސާކުރި ސައިންޓިސްޓުން ވަނީ ބުނެފައެވެ.

 

ADS BY SHEESHA

މަސްދަރު: އިންޑިއަން އެކްސްޕްރެސް

ADS BY ASTERS

Comments are closed.