ޝަލަބީ ޝޯއެއްގައި ލަވަ ހުށަހަޅައިދެނީ – ފޮޓޯ : އަވަސް
ޝަލަބީ ޝޯއެއްގައި ލަވަ ހުށަހަޅައިދެނީ – ފޮޓޯ : އަވަސް

މޯލްޑިވިއަން އައިޑޮލް އިން އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ހޯދި ޝަލަބީގެ އިބްރާހީމް މަންމަމެންނަށް ހާއްސަކުރި މަދަހަ ސައުންޑްކްލައުޑް މެދުވެރިކޮށް އަޑު އަހާލުމުގެ ފުރުސަތު ދީފިއެވެ.

މި މިދަހަ ނެރެފައި ވަނީ، ރޭ ސަދަގާތް ފައުންޑޭޝަންގެ ފަަރާތުން ބޭއްވި ހާއްސަ ދަރުސްއެއްގެ ތެރެއިންނެވެ. މަންމަމެންނަށް ހާއްސަކޮށްގެން ރޭ ބޭއްވި އެ ދަރުސް ބައްލަވާލެއްވުމަށްޓަކައި ގިނަ ބަޔަކު، ދަރުބާރުގެއަށް ދިޔައެވެ،

މި މަދަހައަކީ ސަދަގާތް ފައުންޑޭޝަންގެ ފަރާތުން އުފެއްދި މަދަހައެކެވެ.

ރޭ މަންމަމެންނަށް ހާއްސަކޮށް ދަރުސް ދެއްވާފައި ވަނީ ޝެއިހް އާދަމް ޝަމީމެވެ.

މޯލްޑިވިއަން އައިޑޮލް އިން ބެލުންތެެރިންނާއި، އެހުންތެރިންގެ މަގުބޫލުކަން ހޯދި ޝަލަބީ ވަނީ މިދިޔަ އަހަރުވެސް މަދަހަ ސީޑީއެއް ނެރެފައެވެ. "ހިދާއީ ނޫރު" ގެ ނަމުގައި ޝަލަބީ ނެރުނު މި މަދަހަ ސީޑީގައި ހަތް މަދައެއް ހިމެނެއެވެ.

މިދިޔަ އަހަރު ޝަލަބީ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ އެއް އަހަރު ދުވަހުގެ ކިޔެވުމުގެ ހަރަދުވެސް ހަމަޖައްސަވާދީފައެވެ.

ADS BY SHEESHA

ޝަލަބީއަކީ ގިނަ ބައެއްގެ ތައުރީފް ލިބިފައިވާ އަޑެއްގެ ވެރިއެކެވެ. .

4 ކޮމެންޓް

  1. ވ ވ ވ ވ ވ ވ ބ ރީތި..... ވ ވ ވ އަސަރުގަދަ....

  2. ރަނގަޅު ލަވަ ކިޔާފަ މަދަހަކިޔާފަ އޯކޭ ވާނެ ހިތް ރަނގަޅިއް ޔާ ރަނގަޅު ވާނެ ސަލަފުން ގެ ބަސް .

  3. މާތް ﷲ ޝަލަބީއަށް ހެޔޮވިސްނުން ދެއްވާ އިސްލާހު ކުރައްވާށި އާމީން!! އަދި ޝައިތާނާގެ އަޑު ނުފެތުރުމަށް ނަސޭހަތްތެރިވަން..

  4. ލަވައިގަ ހުންނަންވާ ފީލިންސް އަސްލުނެތް.ކުޑަކުއްޖެއް ލައްވާ ކިޔުއްވިނަމަ ސަޅިވީސް .އެހެންނު އޭނަގެ އިސްތަށިގަނޑުގަ ފީލިންސް އެބަހުރި