ޅެން ހެދުމާއި، ރާގު ހެދުމާއި، ލަވަ ކިޔުމަކީ ހައްމާދު ރަޝީދު (ހަމްޕު) ފަދަ ފަންނާނުންނަށް އާ ކަމެއް ނޫނެވެ. ބޮޑުބެރަށް އޮންނަ ޝައުގުވެރިކަމާއެކު އަމިއްލަ ބޮޑުބެރު ގްރޫޕެއް ކަމަށްވާ ވަރަނުލާ ރާޅުގަނޑު ބޮޑުބެރު ގްރޫޕް އުފައްދައިގެން ކުރި އަދި މިހާރު ކުރަމުންދާ މަސައްކަތް މަދެއް ނޫނެވެ. އޭނާގެ ބެލުމުގެ ދަށުން އެ ގްރޫޕް ހިންގާތާ 10 އަހަރު އަންނަ ސެޕްޓެމްބަރު މަހު ވާނެއެވެ.

ހަމްޕުއަކީ ބޮޑުބެރުގައި މަގްބޫލު މިހަކަށްވިޔަސް، އޭނާގެ ވާހަކަ ފާހަގަކޮށްލަން މި ޖެހެނީ އޭނާ އަމިއްލައަށް ކޮވިޑް-19އާ ގުޅިގެން ނެރުނު މަދަހައަކާއި ގުޅިގެންނެވެ. "ޔާ ރަހީމް"ގެ ނަމުގައި އޭނާގެ އަމިއްލަ ރާގަކަށް އަމިއްލަ ޅެމަކަށް ތައްޔާރުކޮށް އޭނާ އަމިއްލައަށް ކިޔާފައިވާ އެ މަދަހަ ވަރަށް ރީތި ވެގެން އެތައް ބަޔަކު އެ ވާހަކަދައްކަމުން އެބަ ދެއެވެ.

https://www.facebook.com/1030525720438270/posts/1628210467336456/

ހަމްޕު އަމިއްލަ ލަވަތަކާއި ރާގުތައް މީގެ ކުރިން ބޮޑުބެރުގައި ފެނިގެން ގޮސްފައިވާއިރު، މިއީ އޭނާ އަލަށް މިއުޒިކް ނުލާ އުފެއްދި ފުރަތަމަ މަދަހައެވެ. އަދި އޭނާގެ ފުރަތަމަ މަދަހަވެސް މެއެވެ. އޭނާގެ މި މަދަހަ އޭނާގެ ފޭސްބުކް ފޭން ޕޭޖަށް ދޫކޮށްލާފައިވާއިރު، އެ ވީޑިއޯއަށް މިހާތަނަށް 60000 އަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ. އަދި އެތައް ބަޔަކު ޝެއާކޮށްފައި ވެއެވެ.

ދިވެހި އުފެއްދުންތަކަށް ލޯބި ކުރާ ހަމްޕު

ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 27 އަހަރުގެ ހަމްޕު ބުނިގޮތުގައި، އެ ޅެމާއި، ރާގު އަދި ލަވައިގެ މަސައްކަތް ނިންމާލަން ނެގީ ތިން ދުވަހެވެ. އަޑުއަހާލަން ފަސޭހަ ގޮތަކަށް ކިޔާފައިވާ މަދަހަ އޭނާ ރެކޯޑް ކޮށްފައި ވަނީ ފޯނުންނެވެ.

ފުރަބަންދުގެ މި ދުވަސްވަރު އޭނާ ގޭގައި އިނދެގެން ކުރި މި މަސައްކަތަށް އައްސަރިބަހާއި ސާބަސް ދޭވަރު ވެއެވެ.

ހަމްޕު

މިއީ މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން ނެރުނު ފުރަތަމަ އަމިއްލަ ދިވެހި އުފެއްދުމެވެ. ކުރިން ކޮޕީ ރާގުތަކުގައި މަދަހަ އާއި ލަވަ ނެރެފިއެވެ.

އަމިއްލަ އުފެއްދުންތަކަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ހަމްޕު ބުނިގޮތުގައި، އޭނާ އެ މަދަހަ މީސް މީޑިއާއަށް ލުމާއެކު، އެތައް ބަޔަކު ދަނީ އޭނާ ކައިރީގައި ޅެން ތަކަށް ރާގެއް ހަދައިގެން މަދަހައެއް ގޮތުގައި ނެރެދިނުމަށް އެދެމުންނެވެ.

އެންމެ ކުޑައިރުން ފެށިގެން ބޮޑުބެރަށް ޝައުގުވެރިވި ހަމްޕު

"މިއުޒިކާއި ނުލާ ހަމްޕުގެ އަޑުން މަދަހައެއް ގެނެސް ދޭށޭ، ވަރަށްގިނަބަޔަކު ދަނީ ރިކުއެސްޓް ކުރަމުން. އަދި ވަރަށް ގިނަ މީހުން މެސެޖް ކުރި، އިރާދަކުރެއްވިއްޔާ އެ އެދުންފުރިހަމަ ކޮށްދެވޭތޯ މަސައްކަތް ކުރާނަން". ހަމްޕު ބުންޏެވެ.

ހަމްޕުގެ ފޭނުންނަށް އުފާވެރި ހަބަރެއްވެސް އެބަ އޮތެވެ. މިއުޒިކް ނުލާ ކައިރި މުސްތަގްބަލެއްގައި އޭނާގެ ވަރަށް ހާއްސަ މީހަކަށް މަދަހެއް ނެރުމަށް އޭނާ މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ބުނެލީ

    ވަގުތަށް ވީޑިއޯ އެއް ލީމަ މި ޕޭޖަށް މިއޮތްވާ ގޮތެއް ދޯ..

    9
    2
    • ކިނބިދޫ މިއުޒިކް

      އޭ ހަމްޕުބޭ... ކައޭ ލަވަ ނުކިޔަސް ވަރިހަމަ. މުލިންވެސް ކޮޕީ.. ކޮޕީގެ މަސްޗަށްވެސް ކޮޕީ.. މީ އަޅެދެން ކޮން "ހަމޕެއްތަ" މީނަ މީގެ ކުރިންވެސް މިފާޑަށް އުޅުނުތަ... ލަވަވެސް މަދަޙަވެސް ހަމްޕުބެ ކިޔަންޏާ މަށެއް އަޑެއް ނާހާނަން.. ކުޑަވަރެއްގެ އެތެއް ފެލޭހެން ކޮން ލަވައެއްތަ ކިޔޭނީ.. ކައޭ މަހަށް ދޭބަލަ... މަހަށް މަހަށް.. މަހަށޭ...

      4
      7
      • ޒުލޭޚާ

        ޢަސްލުވެސް ކޮން ހަންޕެއްތަ... ޙަންޕު.. ހަން ފުއްޕާ.. ހަން ފުފޭ .. ލަވަ ވީދާ.. ލަވަ ފެލޭ.. ކޮޕީ ކުރުމުގެ އިންތިހާ..

        4
        5
    • ނިޝާ

      ޙަމްޕުގެ މަސައްކަތަށް ހަމަ ސާބަސް. ޙަސަދަވެރިން އެގޮތުގަ ހަލާކުވާން ދޫކޮށްލާ.
      ކުރި އަރާވަރަކަށް ހަސަދަވެރިން ވެސް އިތުރު ވާނެކަން ދަންނަންވާނެ. ހަމްޕު އަށް ބަރަކާތް ލައްވާށި

    • ޝިޔާ

      ޒުލޭހާ އާއި ކިނބިދޫ މިއުޒިކް ހަމްޕް އާ އެއް ފެންވަރަށް ނާދެވޭނެ ކިތަންމެ ޖޭ ވިޔަސް ފުރަތަމަ އަހުލާގެއްވެސް ނެތް ބައެއް ތީ ޗީ ޗީ

    • ތިބާގެ އަޙް

      ހަމްޕުގެ ކުރި އެރުމަށް ތިބާގެ ހަސަދައިގެ ހުޅުގަނޑު ނުނިވޭހާ ހިނދަކު ތިބާއަށް އަބަދުވެސް ލިބޭނީ ގެއްލުމުވެ. އަނެކާގެ ކުރި އެރުމަށް ހަސަދަ ނުލާ ތިބާ އަށްވެސް ކަމެއް ކުރެވޭތޯ އުޅޭށެވެ.

  2. ޕަރޭޒް

    ވަރައް ހިންހެޔޮ މޮޅު މިޔުޒިސަން އެއް ތީ އިތުރު މަދަހަ އެއްގެ އިންތިޒާރުގަ މިހިރީ ..ކކޒ

    15
    4
    • ނާނި މިސް

      މީ ހަމްޕުގެ 8ގެ ހިސާބު ޓީޗަރު. ޢަހުލާގު ރަނގަޅު ކިޔަވަން މޮޅު ކުއްޖެއް އޭރުވެސް. ސްކޫލުގަ ލީޑަރޝިޕް ދެއްކިގޮތަށް ޒުވާން ބޮޑު ޓީމެއް ގޮވައިގެން އުޅޭތަން ފެންނަތީ އިނގޭ މިޙާރުވެސް ހަމްޕުގެ ކުޅަދާން ކަން ހުރި މިންވަރު ... ސާބަހޭ

      3
      2
  3. ޙުސޭނު

    ކޮޕީއެއް... ފޮށިފެޅުން 100..

    8
    12
    • ހުސޭނު މަންމަ

      ކޮޕީ އެކޭ ބުނާ އިރު ކޮޕީ ކުރި އެތި ވެސް ދައްކާލަބަލަ. ހަޖަމް ނުވިޔަސް ވާހަކަ ދައްކާއިރު އަތަށް ތި ގޮށްވާލަނީ. ހެ ހެ ހެ

      15
      4
      • ޕަކާސް

        ނޫނެކޭ ހަމަ ކޮޕީއެކޭ.. އެތި ދައްކާކަށް ނުޖެހެއޭ ހަމަ ކޮޕީއެކޭ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

        6
        7
  4. ައަހަރެން

    ލިޔުންތެރިޔާއަށް ޅެންވެރިކަމަކީ ކޮބައިކަން އެނގިލައްވާ ތޯ ؟

    5
    7
  5. ތާނަ

    އަހަރެން ކައުންޓްކުރާ މީހެއްނޫން.. ސުމެއް.

    10
    10
    • ބަތާނަ

      އުހޫން..... ބަލަ ތާނަ ޖަހާފަ އިނގިރޭސި ބަހެއް ތިބޭނުން ކުރީ. ތި ކޮމެންޓް ވެސް ނެތް ބަލައިގަނެވޭކަށް

      6
      3
  6. ޗާލީ

    ސާބަސް ކަލޯ

    8
    2
  7. ރޯ

    ޢަވުގުރާނަ ކިނާފަ އެބަހުރި ކުރީގެ ލަވައެއްގަ ، ބީޗުގަ ހުރެގެން ، މުޅިން ކިޑަކުދިން އެލަވަ ދަސްކޮށްގެން ހަޔާތް ކެނޑިގެން އެލަވަ ކިޔަނި

    7
    7
    • ރީ ގުއި

      ކުރީގެ ލަވަ އަކާ މިކަމަކާ ނެތް ގުޅުމެއް. އެހެން ނޫނަސް ތިބުނާ ލަވައިގަ ނެތް ދިވެހި ބަހުގަ އަވުގުރާނަ ގޮތުގަ ދެކޭވޭ ބަހެއް. އޭގަ އޮތީ ފޮށުމާ ދެކޮޅަށް އަންހެން ކުއްޖެއްގެ ދުލުން ބުނާ ވާހަކަ ހާމަ ކޮށްދީފަ. އަހަރުމެން އަންހެންނަށް ވަރަށް ކަމުދޭ އެލަވަ. ވެދާނެ "ރޯ" އުޅޭގޮތުގެ ވާހަކަ އޭގަ އޮތީމަ އެކަމާ ހިތްހަމަ ނުޖެހުނީ ކަމަށް ދޯ

      6
      4
      • މަންޖެ

        ކޯވިޑަކީ ޖަރާސީމެއް ނޫން...ވައިރަހެއް
        ވައިރަހާ ޖަރާސީމު އެއީ މުޅިން ދޭއްޗެއް...
        ދެން ފަހަރަކުން ކުޑަކޮށް ރިސާޗްކޮށްފަ ޅެން ހެދުން ރަނގަޅުވާނެ

        2
        2
  8. މަަލަކުރި

    ހަމްޕު ! ތީތި ހަމަ ސަޅި

    4
    4
  9. ފާތިމާ

    އެއްޗިހިކިއަސްމިމަދަޙަހަމަރަގަޅޭބުނެވޭނީ. މާތްމަގްސަދެއްގަރަގަޅުކަމެއް ކުރިއަސް ނުރުހުންފާޅުކޮށް މަލާމާތުގެ ކޮމެންޓްއެއްކޮށްލައިގެންކޮންމެ ވެސް އެއްޗެއްބުނެލެވޭތޯބެލުންއެއީބައެއް މީހުންގެއާދައަކަށްވެއްޖެ. ހެޔޮބަހެއް ބުނުމުގެހިއްވަރު ނެތިއްޔާ މަޑުން ހުރުންބުއްދިވެރި. ހަސަދަވެރި ކަންހައްދުން ނެއްޓިފަ. ޢަނެެއްދިވެހި ރާއްޖެއައި ފަހުން ދިވެހިން އެކަކު އަނެކަކަށްއޮތްގާތްކަމާލޯތްބާއިޙްތިރާމް އަށްވީކިހިނެއްތޯ ވިސްނާލާ މީހަކު އުޅޭބާ.

    8
    2
    • ނިޝާ

      ޙަމްޕުގެ މަސައްކަތަށް ހަމަ ސާބަސް. ޙަސަދަވެރިން އެގޮތުގަ ހަލާކުވާން ދޫކޮށްލާ.
      ކުރި އަރާވަރަކަށް ހަސަދަވެރިން ވެސް އިތުރު ވާނެކަން ދަންނަންވާނެ. ހަމްޕު އަށް ބަރަކާތް ލައްވާށި

      2
      1
  10. ހުސައިން

    ހަމްޕު އަށް ދޭން ަޮތް މެސެޖަކީ މިއުޒިކް އަދި ބޮޑުބެރުވެސް ކުޅެމުން އައިމީހުން ހުއްޓާލިގޮތަށް ހުއްޓާލުން

    10
  11. މަގޭ ހިޔާލު

    ރަނގަޅު. އެކަމަކު ރާގުގަ މަދަހަ "ފީލް" ވަރަށް ކުޑަ. ބޮޑުބެރު "ފީލް" މަށަށް ބޮޑަށް އަންނަނީ..! ?

    3
    4
  12. ކިނބިދޫ މިއުޒިކް

    އޭ ހަމްޕުބޭ... ކައޭ ލަވަ ނުކިޔަސް ވަރިހަމަ. މުލިންވެސް ކޮޕީ.. ކޮޕީގެ މަސްޗަށްވެސް ކޮޕީ.. މީ އަޅެދެން ކޮން "ހަމޕެއްތަ" މީނަ މީގެ ކުރިންވެސް މިފާޑަށް އުޅުނުތަ... ލަވަވެސް މަދަޙަވެސް ހަމްޕުބެ ކިޔަންޏާ މަށެއް އަޑެއް ނާހާނަން.. ކުޑަވަރެއްގެ އެތެއް ފެލޭހެން ކޮން ލަވައެއްތަ ކިޔޭނީ.. ކައޭ މަހަށް ދޭބަލަ... މަހަށް މަހަށް.. މަހަށޭ...

    3
    4
    • ތިބާގެ އަޙު

      ހަމްޕުގެ ކުރި އެރުމަށް ތިބާގެ ހަސަދައިގެ ހުޅުގަނޑު ނުނިވޭހާ ހިނދަކު ތިބާއަށް އަބަދުވެސް ލިބޭނީ ގެއްލުމުވެ. އަނެކާގެ ކުރި އެރުމަށް ހަސަދަ ނުލާ ތިބާ އަށްވެސް ކަމެއް ކުރެވޭތޯ އުޅޭށެވެ.