މޯލްޑިވިއަން އައިޑޮލް ސީޒަން 1 ގައި ވިދާލި އެކަކީ ޝަލަބީ އިބްރާހިމްއެވެ. އޭނާ އެ އައިޑޮލްގައި ފިޔަޖަހާލި ގޮތަށް ފަނޑުނުވެ ގަދަޔަށް ދަނީ ވިދަމުންނެވެ. އަހަރަކަށްފަހު އަހަރެއް އޭނާ ދަނީ ކުރިއަށެވެ.

އައިޑޮލް ސީޒަން 3 ގެ އޮޑިޝަންތަައް ދައްކަމުންދާއިރު، ރޭ މާލެ އޮޑިޝަން ވަނީ ނިންމާލާފައެވެ. މާލެ އޮޑިޝަން ކުރިއަށްދިޔައީ ރަސްރަނި ބަގީޗާގައެވެ. ރޭ ޓީވީއެމްއިން ދެއްކި އޮޑިޝަންގައި ޝަލަބީއާ ވައްތަރު ޒުވާނެއް ވަނީ ފެނިގެން ގޮސްފައެވެ. ބޮޑަށް ވައްތަރީ ފަހަތުންނެވެ. އިޝްތަށިގަނޑުންނެެވެ. މޫނު މައްޗަކުން ނޫނެވެ.

މުހައްމަދު އާފާގް ނަމަކަށް ކިޔާ ޒުވާނާ ބުނިގޮތުގައި އޭނާ ފެނިގެން ބައެއް މީހުން ޝަލަބީގެ ނަމުން އޭނާއާ މުހާތަބުކޮށް ހަދައެވެ. އެކަމަކު އޮޑިޝަންއިން އޭނާ ވަނީ ކަޓައިގެންގޮސްފައެވެ.

ރޭގެ އޮޑިޝަންގައި ތަފާތު ކަންތައްތަކެއް ފެނިގެންދިޔައިރު، ހުވަދު އަތޮޅު ޒުވާނަކު މާލެ އޮޑިޝަންގައި ބައިވެރިވެ އޭނާއަށް ވަނީ ތިން ޖަޖުންގެ ޔެސް އިން ކުރިއަށް އޮތް ރައުންޑަށް ހޮވިފަައެވެ. އަދި އޭގެ އިތުރުންވެސް ޖަޖުންނާއި ހަމައަށް އައިއިރު، ފޭސްމާސްކެއް އަޅައިގެން އައި މީހެއްގެ ލަވަކިޔުމަށް ޖަޖުންގެ ފަރާތުން "ނޯ" ވަނީ ލިބިފައެވެ. އަދި ލަވަކިޔޭނެ ވަރުގެ ޔަގީންކަމެއް އޮތް މީހަކަށްވެސް ޖަޖުން ކައިރިން ވަނީ ސަލާމަތް ނުވެފައެވެ.

މިއީ ރޭ ކަންތައްވި ގޮތެވެ. މިރޭ އައިޑޮލްގެ އައްޑޫ އޮޑިޝަން ޓީވީއެމް އިން ދައްކާނެއެވެ. އަދި އަނެއް ދުވަހުގެ ރޭ އުނގޫފާރު އޮޑިޝަން ދައްކާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    ވައްތަރެއް ނޫންދެން ތިބުނާހާ އެެއް

  2. އ.ޖ.އ

    ޝަލަބީ އަކާ ނޫނެ ވައްތަރީ.. ރީއާނު ރަޝީދުއާ ވައްތަރީ.. ހީވަނީ ވެސް އަންހެނެއް ހެން.

  3. ޙަރުބަޖަން

    ވަކިވެސް ނުވޭ

  4. ހައި

    ކޯޗެއްތަ ވައްތަރީ

  5. އާޕް ކޭ ސޭ ހޭ

    ކޮންމެވެސް

  6. އާޕް ކޭ ސޭ ހޭ

    ކޮންމެވެސް ވަރެެއްގެ ވައްތަރު ފީޗާސްތަކެއް އެބަހުރި. ސުވާލަކި މިއީ، އަނެއްކާ އެއް ބްރީޑެއްބާވައޭ! ރާއްޖޭގައި ވަރަށް ޒަމާނުންސުރެއް ނަސްލު އޮޅުމުގެ މައްސަލަތައް އައިސްފައި އެބަހުރި، ބައެއް ކުދިންގެ ބަފާ ކަށަވަރު ނުވާއިރު، އަނެއްބައި ކުދިންގެ ބަފާ ޝަރީއަތުގެ ކުރިމަތީގައި ފެންނަން ހުއްޓަސް އެއީ އަދި އަސްލު ނޫންކަމަށް ވެދާނެ. ރާއްޖޭގެ ރައްޔިތުންގެ ޑީއެންއޭ ޓެސްޓެއް ހަދާލައިފިނަމަ، ނަސްލުތައް އެކަތި އަނެކައްޗާ ގުޅޭ މިންވަރު ފާހަގަ ވެގެންދާނެ. މިހާ ކުޑަ ގައުމެއްވީމާ ނުދަންނަ ވަރަށް ގާތުގައިވެސް ތިމާގެ މީހެއް، ބްލަޑްލައިނާ ގުޅުމެއް އޮންނަ މީހަކު ހުރުމަކީ ދުރުކަމެއް ނޫން. ރާއްޖެއަށް މިމުސީބާތް އަސްލު ޖެހުނީ، އިސްލާމް ވުމަށް ފަހުގައިވެސް ކައިވެނި ކުރުވުމަކީ ދެފަރާތުގެ އާއިލާއަކުން އެރޭންޖް ކޮށްގެން ކުރާ އެއްޗަކަށް ނުވުމާއި، ލޯބީގެ ގޮތުން ގުޅިގެން ކައިވެނިތައް ކުރަމުން އައުމާއި، އިންތިހާއަށް ވަރި އިތުރުވެފައި ވުމެވެ. އެހެންކަމުން، ގިނަ ޒަމާންތަކެއް ވާ އިރު ނސްލު ހުންނާނީ ވަރަށް ބޮޑަށް އޮޅުން ބޮޅުން ވެފައެވެ.
    މިކަމުގެ އަލިގަދަ ދަލީލަކީ، މިއުޒިކާއި ލަވައިގެ ދުނިޔޭގައި އުޅޭ ނުވަތަ އާޓިސްޓިކް އެންމެންނަކީވެސް، ދިރާސާތަކުން ދައްކާގޮތުގައި މަންމަ ނުވަތަ ބައްޕަގެ ފަރާތުން ހަށިގަނޑަށް ވާރުތަވަމުންދާ ޖީން އެއްކަން ދިރާސާތަކުން ދައްކާތީއެވެ.

    • ?

      ޙހެޔޮނުވާނެ