ބޭނުންވާ ތަކެތި:
455ގ ވައިޓް ޗޮކްލެޓް ކުދިކޮށްފައި
180މލ ހެވީ ކްރީމް
1 ބަޓަރ ކޭކް
255ގ ސްޓޯބެރީ ކޮށާފައި
120ގ ވިޕިންގް ކްރީމް
ރީތިކޮށްލަން ސްޓޯބެރީ

ތައްޔާރު ކުރާނެ ގޮތް:
ވައިޓް ޗޮކްލެޓާއި ހެވީކްރީމް އެއްކޮށްފައި 30 މިނެޓް މައިކްރޯވޭވް ކޮށްލާށެވެ. އަދި ދިޔާވުމުން އެއްކޮށްލާފައި 20 މިނެޓަށް ފިނިކޮށްލަން ލާށެވެ.

ދެން ބަޓަރ ކޭކް ކަޓިން ބޯޑު މަތީގައި ބާއްވާފައި 4 ބަޔަށް ބައި ކުރާށެވެ.

ދެން ކޭކުގެ ފުލުބައި ޓްރޭއެއްގެ ތިރީގައި ފަތުރާލާށެވެ. ދެން އޭގެ މަތީގައި ވައިޓް ޗޮކްލެޓް މިކްސްޗާ ތުނިކޮށް ހާކާފައި ސްޓޯބެރީކޮޅެއް މައްޗަށް ބުރުވާލާށެވެ. އަދި މިގޮތަށް އަނެއް 3 ކޭކް ވެސް ލެޔާކޮށް ހަދާށެވެ. ދެން އެންމެ ފަހު ލެޔާގައި ވައިޓް ޗޮކްލެޓް މިކްސްޗާ ހާކާފައި 1 ގަޑިއިރު ފިނިކޮށްލާށެވެ.

ދެން ސްޓޯބެރީއާއިއެކު ސާވްކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަމްޏަމް

    ޝުކުރިއްޔާ. އެކަމަކު ތި ސްޓްރޯބެރީއާއި ވައިޓް ޗޮކުލެޓަށް ގޭގައި ބަންދުވެގެން ހޯދާނީ ކިހިނެއް. ޑެލިވަ ރީމީހުން ކިހާ ރުޅިއަންނާނެ ފާޑު ފާޑު އެއްޗިއްސަށް އޯޑަ ރުކު ރުމުން. އަހަ ރެމެން މިއުޅެނީ އާފަލެއްގެ އިންތިޒާ ރުގަ. ދެން ސްޓް ރޯބެ ރީ ގެންނަން ކިހާ ވަގުތެއް ނަގާނެ. ?

  2. ފަސްތަރި

    ކީއްކުރާނި. މި ދަތި ދުވަސްވަރުގައިވެސް މި ދިވެހިން އުޅޭނީ ފައިވް ސްޓާ ހޮޓެލްގެ ފަރަންޖީ ކެއުން ނުކެވިގެން

  3. އާމިނާ

    މީ ކޮންކަހަލަ ރެސިޕީއެއް. ކޭކު ކޭކަކަށްވޭތަ ބިހާ ނުލާ. އަހަރެންގެ ދަރިފުޅަށްވެސް މިކަހަލަ ކޭކެއް އެޅިދާނެ

    2
    3