ބޭނުންވާ ތަކެތި:

1 ފިޔާ ކުދި ކޮށް ކޮށާފައި

1 ކާށިގެ ކިރު

1ސސ މަސް ސޯސް

3 ޖޯޑް ކުކުޅު ސޮޓޮކް

2 ޖޯޑް ކައްކާފަ ހުރި ކުކުޅު

1 1/2 ޖޯޑު ކައްކާފަ ހުރި ބާސްމަތީ

4 މސ ކޮރިއެންޑާ ކުދިކޮށް ކޮށާފައި

 

ތައްޔާރުކުރާނެ ގޮތް:

އާދައިގެ ވަރެއްގެ ބޮޑު ތެއްޔެއްގައި ރެޑް ކަރީ ޕޭސްޓްކޮޅު ތެޔޮ ނިކުންނަން ދެން ދެ މިނެޓު ވަންދެން ކައްކާލާށެވެ. ތެޔޮ ނިކުތީމަ ރެޑް ޕެޕާ އަދި ފިޔާ އަޅާފަ ރަނގަޅަށް މަޑުވަންދެން ފަސް މިނެޓް ވަންދެން އެއްކޮށްލާށެވެ.

އެއަށް ފަހު ކާށި ކިރު އޭގެ ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއް ވަންދެން ކައްކާށެވެ. ދެން ކުކުޅު ސްޓޮކްއާ އެއްކޮއްލާށެވެ. ކައްކާފައި ހުރި ކުކުޅު ކޮޅާއި ބަތް ކޮޅު އެޅުމަށްފަހު މަޑު ގިނީގައި 15 މިނެޓު ކައްކާލާށެވެ. ސާވް ކުރުމުގެ ކުރީގައި ކޮށާފައި ހުރި ކޮރިއެންޑާ މައްޗަށް އަޅާލާށެވެ.