ބޭނުންވާ ތަކެތި:

  • 2 އަނބު
  • 1 ޖޯޑުގެރި ކިރު
  • 2 ސސ މަޑު ކުރި ސާގު
  • 2 މސ ހިކި ކިރު
  • 1 ސސ ހަކުރު
  • ރަހަ ލާވަަރަށް ވެނީލާ އެސެންސް

ތައްޔާރު ކުރާނެގޮތް:

އަނބުތައް މަށާލުމަށްފަހު ކުދިކޮށް ކޮށާ ބްލެންޑަރަށް އަޅާލާށެވެ. އެއްޖޯޑު ގެރި ކިރު، ހަކުރު ހިކި ކިރު އަދި ރަހަ ލާވަރަށް ވެނީލާ އެސެންސް ކޮޅެއް އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އަނބުތައް ހިމުންވަންދެން ގިރާލުމަށްފަހު ރަނގަޅަށް ފުރާނާލާށެވެ. ތައްޓަށް އެޅުމަށްފަހު މައްޗަށް ކައްކާފަ ހުރި ސާގު ކޮޅު އަޅާލާށެވެ.