ބޭނުންވާތަކެތި:

4 ޖޯޑު ފުށް

އީސްޓް ( 2 ¼ ސަމްސާ )

½ ޖޯޑު ކޮކޯ ޕައުޑަރ

½ ޖޯޑު ހަކުރު

½ ސަމްސާ ލޮނު

2 ސަމްސާ ކަޅުކޮފީ

1 ½ ޖޯޑު ހޫނުފެނުގައި ގިރާފައި

މެލްޓެޑް ބަޓަރ

1 ބިސް

2 ސަމްސާ ވެނިލާ އެސެންސް

1 ޖޯޑު ބްރައުން ޝުގަރ

2 ސަމްސާ ސިނަމަން

1 ޖޯޑު ޗޮކްލެޓް ޗިޕްސް.

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ތައްޓަކަށް ފުށް، އީސްޓް، ހަކުރު އަދި ލޮނު އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ދެން ކޮފީ، ކިރު، ¼ ޖޯޑު މެލްޓެޑް ބަޓަރ، ބިސް އަދި ވެނިލާ އެސެންސް އަޅާލުމަށްފަހު ރަގަޅަށް ފުށް މޮޑޭހެން މޮޑެލުމަށްފަހު މަތި ޖެހުމަށްފަހު 1-2 ގަޑިއިރު ވަންދެން ބަހައްޓާށެވެ. ދެން ކްރީމް ހެދުމަށް އެހެންތައްޓަކަށް ½ ޖޯޑު މެލްޓެޑް ބަޓަރ، ބްރައުން ޝުގަރ، އަދި ސިނަމަން އެޅުމަށްފަހު ރަގަޅަށް ގިރާލާށެވެ. އެއަށްފަހު މޮޑެލާފައި ހުރި ފުށްގަޑު ރޮށި ދަމާހެން ދަމާލާށެވެ. ދެން ތައްޔާރު ކުރި ކްރީމް ރަގަޅަށް އޭގެތެރޭ ފަތުރާލާ މައްޗަށް ޗޮކްލެޓް ޗިޕްސް އަޅާލާ ރޯލް ކޮށްލާށެވެ. ދެން ކުދި އެތި ކޮޅަށް ރޯލް ކާފާލުމަށްފަހު ޓްރޭއެއްގައި ފަތުރާލާ 350 ޑްގްރީ ގައި 20 މިނިޓް ވަންދެން ފިހެލާށެވެ. އަދި މައްޗަށް ބާކީ ހުރި ކްރީމް ކޮޅު އަޅާލާށެވެ.