ބޭނުންވާ ތަކެތި:

2 އޮރެންޖް ( މިކްސާރ އިން ގިރާފައި ޖޫސް )

¼ ޖޯޑުފުށް

1 ޖޯޑު ކިރު (ގިރާފައި)

¼ ޖޯޑު ހަކުރު

¼ ޖޯޑު ވިޕްޑް ކްރީމް

¼ ޖޯޑު ވައިޓް ޗޮކްލެޓް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް އޮރެންޖް ޖޫސް، ފުށް، ކިރު، ހަކުރު އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާނީއެވެ. ދެން އޭގެތެރެއަށް ވިޕްޑް ކްރީމް އަޅާލުމަށް ފަހު އެއްކޮށްލާ ތަވަޔަކަށް އުދުންމައްޗަށް އުދާލާ މަޑުގިނީގައި ބަހައްޓާ ހަލަމުން ގެންދާށެވެ. އޭގެތެރެއަށް ވައިޓް ޗޮކްލެޓް އަޅާލާ މެލްޓްވަންދެން ހަލާށެވެ. އެއަށް ފަހު ޓްރޭއަކަށް އަޅާލައި ފިނިކުރުމަށް ފްރިޖް އަށްލާށެވެ. ރަނގަޅަށް ފިނިވުމުން ނަގާފައި އޭގެ މައްޗަށް ހިކި ކިރު ކޮޅެއް ބުރުވާލާށެވެ. އޭރުން އޮރެންޖް މޫސް ކޭކް ތައްޔާރުކުރޭވުނީއެވެ.