ބޭނުންވާ ތަކެތި:

  • 6 އައުންސް ބީފް ކުދިކޮށް ކޮށާފައި
  • 3 މސ އޮލިވް އޮއިލް
  • 1 ސސ ލޮނުމެދު ޗޮޕްކޮށްފަ
  • 2 މސ ބެލް ޕެޕަރ
  • 1 ދަޅު މަޝްރޫމް ކްރީމް
  • 1/2 ސސ މުގުރި މިރުސް
  • 3 ޓޮމާޓޯ ކުދިކޮށް ކޮށާފައި
  • 1 ފިޔާ

ތައްޔާރު ކުރާނެ ގޮތް:

  1. 350 ޑިގްރީ އަށް ހޫނު ކުރަން ޖައްސާށެވެ.

2. ތަވާ އަކަށް އޮލިވް އޮއިލް އެޅުމަށްފަހު އުނދުން މަތީގައި މަޑު ގިނީގައި ހޫނުކުރާށެވެ. ތެޔޮ ހޫނު ވުމުން ކޮށާފައި ހުރި ބީފް އަޅާލާށެވެ. އަދި ކޮށާފައި ހުރި އެއްޗެހި އެޅުމަށްފަހު ބީފް 5-8 މިނެޓު ވަންދެން ތެލުލާށެވެ.

3. ބޮޑު ތައްޓަކަށް މަޝްރޫމު ސޯސް ކޮށާފައި ހުރި ޓޮމާޓޯ އާއި އެއްކޮށްލާށެވެ. ތެލުލާފައި ހުރި ފިޔާ ބީފް މަތީގައި އަތުރާލާށެވެ. އެލުމިނިއަމް ފޮއިލް އިން ވައި ބޭރު ނުވާ ވަރަށް ބަންދުކޮށްލާށެވެ.

4. ހޫނު ކޮށްފައި ހުރި އަވަނުގައި 40 މިނެޓް ވަންދެން ފިހެލާށެވެ. އޭގެ ފަހުން ފޮއިލް އިން ނަގާލުމަށްފަހު 5-10 އަށް އަށް ބީފް ފިހެލާށެވެ.