ބޭނުންވާ ތަކެތި:

އައިސްކިއުބް، 3 ސަމްސާ ވެނީލާ އައިސްކްރީމް، 4 ސަމްސާ ރޯސް ސިރަޕް، ½ ސަމްސާ ކާޑަމޮމް ޕައުޑަރ، 1 ޖޯޑު ކިރު، ވިޕްޑް ކްރީމް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އައިސްކިއުބް، ވެނީލާ އައިސްކްރީމް، ރޯސް ސިރަޕް، ކާޑަމޮމް ޕައުޑަރު، އަދި ކިރު މިކްސަރަށް އެޅުމަށްފަހު ބްލެންޑް ކޮށްލާނީއެވެ. ދެން ތައްޓަކަށް އެޅުމަށްފަހު މައްޗަށް ވިޕްޑް ކްރީމް އަޅާލުމުން ރޯސް އެންޑް ކާޑަމޮމް ފްރޮޕަޗީނޯ
ތައްޔާރުކުރެވުނީއެވެ.