ބޭނުންވާ ތަކެތި:

ޗޮކްލެޓް (200 ގްރާމް)

1 ޖޯޑު ކިރު

200 ގްރާމް ބަޓަރ

1 ޖޯޑު ވައިޓް ޝުގަރ

½ ޖޯޑު ބްރައުން ޝުގަރ

2 ބިސް

¾ ޖޯޑު ފުށް

6 ސަމްސާ ކޮކޯ ޕައުޑަރ

1 ސަމްސާ ބޭކިން ޕައުޑަރ

3 ސްމްސާ ޕީނަޓް ބަޓަރ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޗޮކްލެޓް، ކިރު، ބަޓަރ، ވައިޓް ޝުގަރ، ބްރައުން ޝުގަރ، ބިސް، ފުށް، ކޮކޯ ޕައުޑަރ، ބޭކިން ޕައުޑަރ އަދި ޕީނަޓް ބަޓަރ މިކްސަރ އަށް އަޅާލާ ރަނގަޅަށް ބްލެންޑް ކޮށްލާނީއެވެ. އެއަށް ފަހު އެ ޓްރޭއަކަށް އަޅާލުމަށް ފަހު އަވަނަށްލާ ފިހެލާށެވެ. ދެން ކޭކް ރަނގަޅަށް ފިހުމުން ނަގާލާ މައްޗަށް ކޮކޯ ޕައުޑަރ ކޮޅެއް ބުރުވާލާށެވެ. އޭރުން ޗޮކްލެޓް އެންޑް ޕީނަޓް ބަޓަރ ފަޖް ކޭކް ތައްޔާރުކުރެވުނީއެވެ.