ބޭނުންވާ ތަކެތި:

ފިޔާ ( ½ ޖޯޑަށް ވާވަރަށް ކުދިކޮށް ކޮށާފައި)

ގްރީން ޖިލީ (1 ސަމްސާ އަށް ވާވަރަށް ކޮށާފައި)

ކޮރިއެންޑާ ( 2 ސަމްސާ އަށް ވާވަރަށް ކޮށާފައި)

1 ބިސް

2 ސަމްސާ ފުށް

¼ ސަމްސާ ބޭކިން ޕައުޑަރ

½ ސަމްސާ ލޮނު

¾ ޖޯޑު މޮޒެރެއްލާ ޗީޒް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް ފިޔާ، ގްރީން ޖިލީ، ކޮރިއެންޑާ، ބިސް، ފުށް ބޭކިން ޕައުޑަރު، ލޮނު، ޗީސް އަޅާލުމަށް ފަހު ރަނގަޅަށް އެއް ކޮށްލާނީއެވެ.

އެއަށްފަހު ޕާން ފޮތިތައް ނަގާ މެދުން ފަޅި ކޮށްލުމަށް ފަހު ކޮންމެ ފަޅިއެއްގެ މައްޗަށް ބިސް އަޅާ ތައްޔާރު ކުރި ފިލިންގް އަޅާލާނީއެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ ފޮދެއް އަޅާލާ އެ ތެލުލާނީއެވެ. ދެ ފުށް ވެސް ގޯލްޑޭން ބްރައުން ކުލަ އަރަން ދެން ތެލުލުމަށްފަހު ނާގާލުމުން ޗީޒް ޓޯސްޓް ތައްޔާރުކުރެވުނީއެވެ.