ބޭނުންވާ ތަކެތި:

އައިސްކިއުބް

5 އޯރިއޯ ބިސްކޯދު

1 ޖޯޑު ކިރު

2 ސަމްސާ ވެނީލާ އައިސްކްރީމް،

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދު، ކިރު އަދި ވެނީލާ އައިސްކްރީމް މިކްސްޗަރަށް އަޅާލުމަށްފަހު ރަނގަޅަށް ބްލެންޑް ކޮށްލާނީއެވެ. ދެން އެ ތައްޓަކަށް އެޅުމަށްފަހު މައްޗަށް ވިޕްޑްކްރީމް އަޅާ އޯރިއޯ ބިސްކޯދު ވެސް ކުދި ކޮށްފައި އަޅާލާށެވެ. އޭރުން އޯރިއޯ ފްރޮޕަޗީނޯ ތައްޔާރުކުރެވުނީއެވެ.