ބޭނުންވާ ތަކެތި:

1 ¾ ޖޯޑު ފުށް

½ ސަމްސާ ބޭކިން ޕައުޑަރ

އަންސޯލްޓެޑް ބަޓަރ (250 ގްރާމް)

1 ޖޯޑު ހަކުރު

5 ބިސް

1 ދޮން ލުބޯގެ ތޮށި ގާނާފައި

¼ ޖޯޑު ކިރު

1 ސަމްސާ ވެނީލާ އެސެންސް

2 ސަމްސާ ލެމެން ޖޫސް،

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަންސޯލްޓެޑް ބަޓަ އަދި އަދި ހަކުރު އަޅާލުމަށްފަހު މިކްސްޗަރުން ޖައްސާލާށެވެ. ދެން ބިސް އަޅާލުމަށްފަހު އެ ގިރާލާށެވެ. ދެން އެއަށްފަހު ފުށް އަޅާމުން ގިރަމުން ގެންދާށެވެ. ދެން ގާނާފައި ހުރި ލުބޯ ތޮށި، ކިރު، ވެނިލާ އެސެންސް، ބޭކިން ޕައުޑަރ އަދި ލެމަން ޖޫސް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ޓްރޭއަކަށް އަޅާލުމަށްފަހު ކޭކް ރަނގަޅަށް ފިހެލާށެވެ އޭރުން ލެމަން ބަޓަރ ކޭކް ތައްޔާރުކުރެވުނީއެވެ.