ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް

ލޮނު (ރަހަލާ ވަރަށް)

1 ސަމްސާ މުގުރި މިރުސް

ކޮރިއެންޑާ (2 ސަމްސާ އަށްވާ ވަރަށް ކުދިކޮށް ކޮށާފައި)

3 ލޮނުމެދު (ގާނާފައި)

1 ސަމްސާ މެލްޓެޑް ބަޓަ

1 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް ފުށް، ލޮނު، މުގުރި މިރުސް، ކޮރިއެންޑާ ފަތް، ލޮނުމެދު އަދި މެލްޓެޑް ބަޓަރ އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށް ފަހު އޭގެތެރެއަށް ފެން އަޅާލާ ރަނގަޅަށް ގިރާލާނީއެވެ. ރަނގަޅަށް ގިރާލުމަށްފަހު ފަސް ވަރަކަށް މިނިޓް ވަންދެން މަތިޖަހާފައި ބަހައްޓާށެވެ. ދެން ތަވައެއްގައި ކުޑަ ތެޔޮ ފޮދެއް އުގުޅާލުމަށްފަހު ތައްޔާރުކުރި ފުށް ބޮޑު ސަމްސާ އެއް ނަގާ ރޮއްޓެއްގެ ބޮޑުމިނަށް ތަވާގައި ތުނިކޮށް ފަތުރާލާށެވެ. ދެން ދެފުށް ރަގަޅަށް ބްރައުން ކުލަ އަރަންދެން ފިހެލާށެވެ. އޭރުން ޗިލީ ގާލިކް ފަރަޓާ ތައްޔާރުކުރެވުނީއެވެ.