ބޭނުންވާ ތަކެތި:

2 އަލުވި (ފެނުކައްކާފައި)

2 ސަމްސާ ފިޔާ (ކުދިކޮށްކޮށާފައި)

2 ސަމްސާ ކޮރިއެންޑާ (ކުދިކޮށްކޮށާފައި)

1 ސަމްސާ ގްރީން ޗިލީ

ލޮނު (ރަހަލާވަރަށް)

½ ސަމްސާ ލޮނުމެދު(ގާނާފައި)

½ ސަމްސާ އިގުރު (ގާނާފައި)

¼ ސަމްސާ އަސޭމިރުސް

½ ސަމްސާ މާސާލާ ޕައުޑަރ

ޕާން

¼ ޖޯޑު ފުށް

ބްރެޑްކްރަމްބްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވި، ފިޔާ، ކޮރިއެންޑާ، ގްރިން ޗިލީ، ލޮނު، ލޮނުމެދު، އިގުރު، އަސޭމިރުސް އަދި މަސާލާ ޕައުޑަރ އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާ މޮޑެލާނީއެވެ.

އެއަށް ފަހު ޕާން ފޮތިތައް ނަގާ ރޮށިދާމާހެން ދެފުށްވެސް ދާމާލާނީއެވެ. ދެން އޭގެތެރެއަށް ތައްޔާރުކުރި އަލުވި އަޅާލާ ރޯލް ކޮށްލާށެވެ. އަދި ރޯލް ގެ ދެކޮޅުވެސް ފެންލާފައި ރަނގަޅަށް ބައްދާލާށެވެ. ދެން ތައްޓަކަށް ފުށް އަދި ފެން އެޅުމަށްފަހު ގިރާލާ ތައްޔާރުކުރި ރޯލް ބޭރުގައި ގިރާފައި ހުރި ފުށް ލުމަށްފަހު ރަގަޅަށް ބްރެޑްކްރަބްސް ލާށެވެ. ދެން ރޯލްތައް މަޑު ބްރައުން ކުލަ އަރަންދެން ތެލުލާށެވެ. އޭރުން ކްރިސްޕީ ޕޮޓޭޓޯ ބްރެޑް ރޯލްސް ތައްޔާރުކުރެވުނީއެވެ.