ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން އާއްމުކޮށް ޢީދު ދުވަހާ ދިމާކޮށް ތަފާތު އެކި ވައްތަރުގެ ކާނާ ތައްޔާރު ކުރެއެވެ. މިގޮތުން އަޟްޙާ ޢީދުގައި ގިނަ ވައްތަރުގެ ހެދިކާ ޢީދު ދުވަހު ކާން ތައްޔާރު ކުރި ނަމަވެސް ފިތުރު ޢީދު ދުވަހު އާއްމު ކޮށް ތައްޔާރު ކުރަނީ މަދު ކާނާގެ ބާވަތްތަކެވެ.

ފިތުރު ޢީދު ދުވަހު ތައްޔާރު ކުރާ މަދު ކާނާ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެކައްޗަކީ ލާމު ބޮނޑިއެވެ. ތަފާތު ގޮތަކަށް ތައްޔާރު ކުރާ ލާމު ބޮނޑި އަކީ ގިނަ ރާއްޖޭގެ އެހެން ހިސާބު ތަކުގައިވެސް ތައްޔާރު ކުރާ އެއްޗެެވެ. ނަމަވެސް މި ޚާއްސަ ވެފައި އޮންނަނީ ލާމު އަތޮޅަށެވެ.

ބޮނޑި ތައްޔާރު ކުރުމަކީ ދުރާލާ ކުރަންޖެހޭ ކަމެކެވެ. ޢީދު ދުވަހު ހެނދުނު ސުފުރާމަތިން ފެންނަ ބޮނޑި އާއްމުކޮށް ތައްޔާރު ކުރާނީ އޭގެ ކުރީ ދުވަހުއެވެ. ބޮނޑި ތައްޔާރު ކުރާނެ ގޮތް ތިރީގައި މިވަނީ އެވެ.

ބޭނުންވާ ތަކެތި:

ފިޔާ، މިރުސް، މަސް، ކާށި ހުނި، މުގުރި ހަނޑޫ، ހިކަދި ފަތް، ދެވި ހަވާދު ( މުގުރާފައި )، ރީނދޫ، ލޮނުކޮޅެއް، އަޖިނަމަޓޯ ކޮޅެއް ( ބޭނުންނަމަ )

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޔާރު ކުރާނީ ބޮނޑީގެ ފުށްގަނޑެވެ. ފުއްގަނޑު ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ފިޔާ، މިރުސް، ހިކަދި ފަތް، ހެޔޮވަރަކަށް ލޮނު އަދި އަޖިނަމަޓޯ އަޅާފައި މޮޑެލާށެވެ. އެއަށްފަހު މަސްކޮޅު، ރީނދޫ، އަދި ކާށި ހުނި ކޮޅު އެޔާ އެއްކޮށް މޮޑެލާށެވެ. ދެން ހެދިފައި ހުރި މަސްހުނިގަނޑު ތެރެއަށް މުގުރި ހަނޑޫ އަދި ދެވި ހަވާދު އެއްކޮށްލާށެވެ.

ދެން މި މަސްހުނިގަނޑު ކުރުތްޕަތް ނުވަތަ ކެޔޮފަތަށް އަޅާ، މަސްހުނިގަނޑު ރީއްޗަށް އޮޅާލާ ވަކައިން ބަދެލާށެވެ.

ފޮޓޯ: އަރީޙް.ނެޓް

ދެން މި ހޫނު ފެނުގައި ކައްކާށެވެ.

ފޮޓޯ: އަރީޙް.ނެޓް

އެއަށްފަހު ދުމަށީގައި މި ހިއްކާށެވެ.

ފޮޓޯ: އަރީޙް.ނެޓް

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާމު

    ކުޅި މުގޮރޮ ތެޔޯ