ބަޓާ ޗިކެން ނޫޑުލްސް އަކީ އާ ވައްތަރެއްގެ ކެއުމަށް ގިނަ މީހުންނަށް ވެދާނެއެވެ. މި ކެއުން ކެއި މީހުން ބުނާގޮތުގައި މިއީ މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމެކެވެ. މި ބަލާލަނީ ބަޓާ ޗިކެން ތައްޔާރު ކުރާ ގޮތަށެވެ.

ބަޓާ ޗިކެން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

ފެނު ކައްކާފައި ހުރި ދެ ޕެކެޓް ނޫޑުލްސް

2 ޓޮމާޓޯ

1 ފިޔާ

ކޮށާފައި ހުރި 1/2 ޖޯޑު ކުކުޅު

1 ލޮނުމެދު

1 ބެއި ލީފް

1/2 ޖޯޑު ކްރީމް

2 ސައިސަމުސާ ބަޓަރު

2 ކާފޫރުތޮޅި

2 ކަރަންފޫ

1 ފޮނިތޮށި

ބޭނުންވާ ވަރަކަށް ގިތެޔޮ މިރުސް

ލޮނު

4 ކެޝޫނަޓްސް

ތައްޔާރުކުރާ ގޮތް:

ޓޮމާޓޯ، ފިޔާ ކޮށާފައި ތެއްޔަކަށް ލާށެވެ. އަދި ތެއްޔަށް ފޮނި ތޮށި، ކާފޫރު ތޮޅި، ކަރަންފޫ، ކެޝޫނަޓްސް، ބެއި ލީފް، ބަޓަރު އެޅުމަށްފަހު ޓޮމާޓޯ ކޮޅު މަޑުވަންދެން މަޑުގިނީގައި ހަނާ ކުރާށެވެ. އެއަށްފަހު ހަނާކުރި ހުރިހާ އެއްޗެއް މިކްސްޓަރަކަށް އަޅައި ފުނޑާލާށެވެ. ދެން ތެއްޔަކަށް ބަޓަރުކޮޅެއް ލުމަށްފަހު މިކްސްޗަރުން ފުނޑި ޕޭސްޓު 10 މިނެޓު ވަންދެން މަޑުގިނީގައި ކައްކާށެވެ.

ޕޭސްޓު މަޑުގިނީގައި ކެއްކުމަށްފަހު އޭގެ ތެރެއަށް ލޮނު، ފުލް ކްރީމް، ހަކުރު އަޅާށެވެ. އެއަށްފަހު ކައްކާފައި ހުރި ނޫޑުލްސް އަދި ކޮށާފައި ހުރި ކުކުޅުކޮޅު އެޅުމައްފަހު ކުކުޅުކޮޅު ރޯފިލަންދެން މަޑުގިނީގައި ކައްކާލާށެވެ.

މި ރެސިޕީ އަކީ ނޫޑުލްސް ކާހިތްވާ މީހުންނަށް އަދި އާ ކެއުމެއް ތަޖުރިބާކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް މީރު ކެއުމަކަށް ވާނެކަން ޔަގީނެވެ.