ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތަޢާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، 700 އަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަން އެއް ނަގައިގެން ބޭނުން ކުރެވޭނެ ޕްލެޓްފޯމެއް ކަމަށެވެ. އޭގެ ތެރޭގައި، އެކްޝަން ގޭމްސް، ކުޅިވަރު އަދި ކުޑަ ކުދިންގެ ގޭމް ވެސް ހިމެނެއެވެ.

ދިރާގު ގޭމަ ހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމު ކޮށްފައިވަނީ ގޭމްލޮފްޓް އިންނެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑެވެލޮޕްކުރާ ކުންފުންޏެކެވެ.

ދިރާގު ގޭމްހަބް ދިރާގު ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހުޅުވާލާފައިވާއިރު، ގޭމްހަބް ގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ މަހުން މަހަށް ނޫނިއްޔާ ބޭނުންވާ ހަފްތާ އަކަށް ނަގާގޮތަށެވެ. މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާއެވެ. ހަފުތާ އަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ އެންމެ 20 ރުފިޔާއެވެ.

އެ ކުންފުނިން ބުނާގޮތުގައި، ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެއެވެ. ސަބްސްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑް ކޮށް ކުޅެވޭނެއެވެ. އަދި އައި.އޯ.އެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ޚާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ގޭމް ކުޅެވޭނެއެވެ.

ދިރާގު ގޭމްހަބް ގެ އެންމެ ޚާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބް ގައި ހިމެނޭ ހުރިހާ ގޭމް ތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕަރޗޭސް" ކުރަން ނުޖެހޭނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުރީދޫ

    ތިއެއް ލޯޑެއް ނުވާނެ.......