މިއީ އަރަމުން އައި ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަތައް މަދުން ނަމަވެސް ބައެއް މީހުން ވާނީ އަޑުއަހާފައެވެ. އެހެން ނަމަވެސް އެއީ އޭނާ ކުޑައިރުއެވެ. ކުޑައިރު އޭނާގެ ލަވަތައް ފެނިގެން ދިޔައީ ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުންނެވެ. އެއިރުވެސް އޭނާގެ ލަވަކިޔުމުގެ ރީތިކަމުގެ ވާހަކަދައްކާ މީހުން މަދެއް ނޫނެވެ.

އުމުރުން 16 އަހަރުގައި އޭނާ ސްކޫލް ނިންމާލާއި ރަށުގެ ބޭންޑަކާއި ގުޅުނެވެ. އަދި އެ އަޑުން ރީތި ލަވަތައް އެކި ޝޯވތަކުގައި ކިޔަމުން އައިސް އަތޮޅު ފެންވަރުގެ މޮޅު ލަވަކިޔުންތެރިއަކަށް އޭނާވީއެވެ.

އޭގެ ފަހުން އޭނާ ބައިވެރިވީ ޓީވީ ސްޓޭޝަނަކުން ކުރިއަށްގެންދިޔަ ލަވަ މުބާރާތަކާއެވެ. އެ މުބާރާތުގައިވެސް އޭނާގެ ލަވަތައް ކަމުދިޔައެވެ. އެހެން ނަމަވެސް އޭނާ ދާން ބޭނުންވާ މިސްރާބަށް ދިޔުމުގެ ފުރުސަތު ނުލިބި ޖެހުނީ ވަކިވާށެވެ. އެހެން ނަމަވެސް އެއިރު އެ ދާއިރާއާއި ވަކިވާކަށް އޭނާ ބޭނުންނުވިއެވެ.

އެއާއެކު މަޝްހޫރު ލަވަކިޔުންތެރިންނާއެކު އޭނާ މަސައްކަތް ފެށީ އެ ދާއިރާއިން ކުރިއަށްދެވޭނެކަމުގެ އުއްމީދު އޮވެގެންނެވެ. އެހެން ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ދިމާވީ މާ ރަނގަޅު ރަހުމަތްތެރިންނާއެއް ނޫނެވެ. އެ މީހުންނާއެކު އުޅެމުން އޭނާ ހަށިވިއްކަން ފެށީއެވެ. ނޫނެކެވެ. އެ މީހުން އޭނާ އެހެން މީހުންނަށް ވިއްކާލަނީއެވެ. މިގޮތަށް އޭނާ އުޅެމުން ދަނިކޮށް ތިން ފަހަރު އޭނާ ބަނޑުބޮޑުވިއެވެ. ނަމަވެސް އެ ތިން ދަރިންވެސް ވަނީ ވައްޓާލާފައެވެ.

އެކަންތައް ފެށިފަހުން މުޅިންހެން މީހާ ލަވަކިޔުމާއި ދުރުވެެއްޖެއެވެ. ކުރިއަށްދާން ފެށީ ހަށިވިއްކައިގެންނެވެ. މީހާއަކީ ރީތި މީހެއްކަމުން އެތައް ބަޔަކު އޭނާގެ ދެލޮލާއި، ރީތި ތުންފަތުގެ ޖާދޫގައި ޖައްސާލާއެވެ. އެތައް ބައެއްގެ ދާންތައް ފަޅުފިލުވާލުމަށް އުޅެނިކޮށް އޭނާއާ އެ ގޭންގް މީހުން ހައްޔަރުކުރީ ބަރަހަނާކޮށް ޕާޓީ ކުރަން ތިއްބާއެވެ.

އެއީ އޭނައަށް 18 އަހަރު ފުރުނު ދުވަހެއެވެ. އެ ދުވަހު ރަނގަޅަށް ޕާޓީކޮށްލާނަމޭ ހިތާ ބޮޑު ގުރޫޕަކާއެކު ދިޔައީ މަޝްހޫރު ގެސްޓްހައުސް އަކަށެވެ. މަޖާކޮށްލުމަަށެވެ.އެހެން ނަމަވެސް ކަންވީ އެ މީހުން ޕްލޭން ކުރިގޮތަކަށް ނޫނެވެ. ބަރަހަނާކޮށް ތިއްބާ އެ އެންމެން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ބައެއް މަޝްހޫރު މީހުންވެސް ހިމެނެއެވެ.

އޭނާ ހައްޔަރުކުރި ހަބަރާއެކު އޭނާގެ މުޅި އާއިލާ ދިޔައީ ކުއްލި ޝޮކަކަށެވެ، އެކަމާއި ވިސްނާ ވިސްނާ ގޮސް މަންމަ މަރުވިއެވެ. އަދި ބައްޕަގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ.

މަންމަގެ މަރުގެ ހަބަރާއެކު އޭނާއަށް ބާރުބާރަށް ރޮވުން ނޫންކަމެއް އެވަގުތު ކުރެވެން ނެތެވެ. އޮތީ ކުޑަގޮޅީގައެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބިއެވެ. އޭނާއަށް މަންމަގެ މަރުގެ ހަބަރު ލިބުނީވެސް މަންމަ މަރުވިތާ މަހެއްހާ ދުވަސް ފަހުންނެވެ. އެއީވެސް އާއިލާގެ ފަރާތުން އޭނާ ސަލާމަތް ކުރުމަށް ފޮނުވި ލޯޔަރު ބުނުމުންނެވެ.

ޖަލުގެ ކުޑަގޮޅީގައި އޮންނަތާ ދެ މަސް ފަހުން އޭނާ ސަލާމަތްވިއެވެ. ސަލާމަތްވެގެން ވަގުތުން ދިޔައީ ރަށަށެވެ. ރަށަށް ގޮސް އާއިލާ މީހުން ގާތުން މައާފަށް އެދުނެވެ.

އެންމެން އޭނާއަށް މައާފްކުރިއެވެ. އާނއެކެވެ. އޭނާއަށް ތެދުމަގު ލިބުނީ ޖަލަށް ލި ހިސާބުންނެވެ. ކުރެވެން ފެށިގެން މި އުޅެނީ ކޮންކަމެއްކަން ރޭކާލީވެސް އެ ހިސާބުންނެވެ.

މަންމަގެ މަރާއެކު އޭނާ ފެށީ ވީހާވެސް ގިނައިން އަޅުކަންތައް ކުރާށެވެ. އަދި ކީރިތި ގުރުއާން ކިޔެވުމާއި ދީނީ ކަންތައްތަކަށް ވަަރަށް ބޮޑަށް އޭނާ ފަރުވާ ބަހައްޓައެވެ. އެންމެ ފަހުން އޭނާ މިހާރު ކައިވެންޏެއްކޮށް ދެ ދަރިންެވެސް އެބަތިއްބެވެ. އުުޅެމުން ދަނީ އުފާވެރި ދިރިއުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނުރަބޯ

    އަލްޙަމްދު ލިﷲ.

  2. ކާކު

    މިއީ ކޮން ލަވަކިޔުންތެރިއެއް؟

    3
    2
    • އަހަންމާ

      ކަކަލެޔަށް ކީއްތަ؟

      2
      2
      • ޕަކަ ޕަކާސް

        ސީރިއަސްލީ؟؟؟?

  3. ޒާހި

    އަލްޙަމްދު ލިﷲ. ތައުބާވާން ފުރުޞަތު ލިބުމަކީ ވަރަށް އުފާކުރަން ޖެހޭނެ ކަމެއް.

  4. އކަ

    ތިޔަކުއްޖާއަށް ކުރެވުނު ފާފަތައް ފުއްސަވާންދޭވެ. އަދި އުފާވެރި ދިރިއުޅުމެއްދެއްވާށި. އާމީން.

  5. ހެޔޮ ކޮށް

    އަލްޙަމްދު ލިﷲ. މި ވާހަކަ ކިޔާފަ ހިތަށް ވަރަށް އަސަރު ކޮއްފި

    3
    1
  6. އީސާ

    ފެންކަޅިވެގެން އެދިޔައީ

    3
    1
  7. ޖަންނަތު

    އަލްޙަމްދު ލިﷲ

    4
    1
  8. ޔފއ

    ފާފަ މަގު ދައްކަނީ އަނެއް ފާފައަށް. ލަވައާ މިއުޒިކަކީ ޙަރާމް އެއްޗެއް

    4
    1
  9. Anonymous

    ޢަލްހަމްދު ލިއްލާހި

  10. lawn

    Lavakiyumakee haraam kameh