މި ރެސިޕީ ތައްޔާރުކުރަން ނަގާނީ ދިހަ މިނިޓުގެ ވަގުތުކޮޅެވެ. މިއީ ފޮނި ކާތަކެތި މީރު މީހުންނަށް ވަރަށް ކަމުދާނެ ކެއުމަކަށް
ވާނެއެވެ.

ބޭނުންވާނެ ތަކެތި
* ދެ ދަޅު ކްރީމް ނެސްލޭ ކްރީމް އާއި ގެރިކިރު ދަޅަކާއި އެއްކޮށްފައި
* 1 ލީޓަރު އައިސްކްރީމް
* ބިސްކޯދު (ކްރިމްކޭކާރު ނުވަތަ ބޭނުން ވައްތަރެއްގެ ކުކީ އެއް)
* ޓޮޕިން އަށް (ޗޮކްލެޓް ޗިޕްސް/ ޗޮކްލެޓް ސިރަޕް/ ނޭވާ ކޮށާފައި/ މެޓާ)

ތައްޔާރުކުރާނެ ގޮތް
* އައިސްކްރީމް ލޭޔަރ އެއް އަތުރާފައި އޭގެ މައްޗަށް ބިސްކޯދު ލޭޔަރ އެއް އަޅާލާށެވެ. އޭގެ މައްޗަށް ގެރި ކިރާއި ނެސްލޭ ކްރީމް އެއްކޮށްފައި ހުރި އެއްޗެހި އަޅާލާށެވެ. މައްޗަށް އަޅަން ހުރި ޓޮޕިންތައް އަޅާފައި ފްރިޖްގައި ބަހައްޓާށެވެ. ބޭނުން ނަމަ މައްޗަށް ވިޕް ކްރީމް ލޭޔަރ އެއް އަޅާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭވާ

    ނޭވާ ކޮށާފައި
    ހާދަހާ އުނދަގު ކަމެކޭ...