އެހެން ބުނިތަނާ ޝާނާ ގެއްލުނެވެ. ކުއްލިއަކަށް މިހާކު ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. ގޮސް ދޮރު ހުޅުވާލިއިރު... ހުރީ އެއްކަލަ ނުލަފާ މީހާއެވެ.

"މިގެއަށް ކަލޭ ކީއްކުރަން.... ޝާން އެހިއެވެ.

"އަހަރެން މިގެއަށް މިއައީ ހަމައެކަނި ކަލޭގެ މޫނު ދެކިލަން..... ދުވަސްކޮޅަކުން ކަލެއަށްވެސް އެއްޗެއް ވިސްނިފައި އޮންނާނީ... އަހަންނާ އަހަރެންގެ އާއިލާއަކީ ކިހާވަރެއްގެ ނުބައި ބައެއްކަން ކަލެއަށް އިނގެން ވާނެ". އެ ނުލަފާ އަންހެނާ ބުންޏެވެ.

އޭނާ އެހެން ބުނެފައި އަނެއް ފަރާތަށް އެނބުރުނު ތަނާ އޭނާއަށް ފެނުނީ ޝާނާ ސިފާގައި ހުރި ކުޑަކުޑަކުއްޖެކެވެ. އޭނާ ކޮންމެވެސް ވަރަކަށް ބިރުގަތެވެ. ނަމަވެސް ޝާނާއަށް އޭނާއާ ކައިރި ނުވެވޭނެކަން އޭނާއަށް އިނގެއެވެ.

"ކަލެއަކަށް އަހަންނާ ކައިރިއެއް ނުވެވޭނެ.... ކިތަންމެ ވަރަކަށް ރުޅި މޫނު ދެއްކިޔަސް....". މިހެން ކިޔާފައި އޭނާ ލިފްޓަށް އެރިއެވެ.

ލިފްޓަށް އެރިތަނާހެން ލިފްޓަށް ގޮތްގޮތްވާން ފެށިއެވެ. ނަމަވެސް އެއްވެސް ބިރެއްނެތި، އޭނާ އަނގައިން އެއްޗެއް ކިޔަވާލުމާއެކު ލިފްޓަށް ވަމުން ދިޔަ ގޮތްގޮތް ހުއްޓުނެވެ. އަދި އޭނާ އެގެއިން ނިކުމެގެން ދިޔަތަނާހެން ޝާންއަށް ގޮތްގޮތް ވާން ފެށިއެވެ.

ޝާން ބޯ އަނބުރަން ފެށިއެވެ. ޝާންއަށް ޔަގީންވީ އެއީއެ ނުލަފާ އަންހެނާ ކުރާކަމެއް ކަމަށެވެ. ވަގުތުން ޝާން ބާރުބާރަށް މާމައަށް ގޮވާލިއެވެ. ދެ ތިން ފަހަރަކު ގޮވާލި އަޑަށް ހަތަރު ވަނަ ބުރީގެ ދޮރު ފަޅާލާފައި އެތެރެއަށް ވަނީ ފަސް ވަނަ ބުރީގައި ދިރިއުޅެމުން އަންނަ މީހެކެވެ.

އެ މިހާއަށް ޝާން ފެނުނުއިރު އަނގައިން ހޯސްލާފާއި ލޭ އާދެއެވެ. އަދި ޝާން އަނބުރައިގެން ވެއްޓުނުވެ.

ޝާން ހޭ އަރާތޯ މަސައްކަތް ކުރަމުން އެމީހާ ދިޔައިރު، އެގޭ ތެރޭގައި ކޮންމެވެސް ކަމެއް އުޅޭކަން އޭނާއަށް ހީވަން ފެށިއެވެ. އެ މީހާއަށް އެގޭތެރެއިން ކުޑަކުއްޖަކު ރޯއަޑު އިވެން ފެށިއެވެ. ނަމަވެސް އެ މީހާއަށް އެ ކުއްޖެއް ނުފެނެއެވެ. ރޯއަޑު އިވެނީ ވަރަށް ކައިރިންނެވެ.

މިގޮތަށް ޝާންއަށް ވަމުން ދިޔަ ގޮތްތައް ފެނިފައިވެސް ގޯހެއް އުޅޭކަން އޭނާއަށް ހީވުމުން އެމްބިއުލާންސް އައުމުގެ ކުރިން ޝާން ކޮނޑަށް ލައިގެން ގެންދެވޭތޯ މަސައްކަތް ކުރިއެވެ. މުޅި ތަން ލެއިން ފޯ ވަނީއެވެ.

ކަންދިމާކުރި ގޮތުން ލިފްޓްގައި ހަތަރު ވަނަ ބުރިއަށް ނަރުހަކާއި، އެމްބިއުލާންސްގެ ދެމީހަކު އެރިއެވެ. އެ މީހާގެ އެހީގައި ޝާން ތިރިއަށް ބޭލިއިރު، ޝާންގެ މާމަ ހުރީ އެމްބިއުލާންސް ކައިރީގައި އެމަޖެންސީގައި ގެންދަނީ ކާކު ތޯ ބެލުމަށެވެ.

"ދަރިފުޅާ....މާމައަށް ބާރަށް ރޮއެ ގަނެވުނެވެ. މަގޭ ދަރިފުޅަށް ކިހިނެއްވީ....

އެ މީހާ އޭނާއަށް ފެނުނު އެއްޗެއްސް ކިޔާދިނެވެ. އަދި އެގޭ ތެރޭގައި ރޫހަނީ ކަމެއް އުޅޭކަންވެސް މާމަ ކައިރީ ބުނިއިރު ކުޑަކުއްޖަކު ރޯ އަޑުއިވުނުކަމަށްވެސް އެ މީހާ ބުންޏެވެ.

މާމަ އެ މީހާ ކައިރީ ބުންޏެވެ. ނަމަނަމަ ތި ވާހަކަތައް އަދި އެއްވެސް މީހަކާއި  ހިއްސާ ނުކުރާށޭ ބުނެ، މާމަ އާއި އެ މީހާ ގޮސް އެމްބިއުލާންސްގައި އޭޑީކޭ ހޮސްޕިޓަލަށް ޝާން ގެންދެވުނެވެ. ޝާން ވަގުތުން ލީ އައިސީޔޫއަށެވެ. އައިސީޔޫގައި ފަރުވާދެމުންދިޔަތާ އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރު އައިސް، ޝާންގެ މާމަ ކައިރީގައި ޝާންގެ ހަށިގަނޑުން ބައިވަރު ލޭ ފައިބާފައިވާ ބުންޏެވެ.

ނަސީބު ކަން ދިމާކުރިގޮތުން ލޭ ވަރަށް އަވަހަށް ލިބިއްޖެއެވެ. މާމައާއިއެކު އިން އެ މީހާ އޭނާ އަމިއްލައަށް ތައާރަފް ވެލިއެވެ. އޭނާގެ ނަމަކީ އަރީފެވެ.

އަރީފް ބުނީ، އޭނާ މާލެ އައީ މިއަދު ކަމަށެވެ. އަދި އަރީފް ވަނީ މާމަ ކައިރީގައި ހިނގަމުން އެ އަންނަކަންތައް ކިޔާދިނުމަށް އެދިފައެވެ، އަދި އަރީފްގެ އެހީތެރިކަން އެކަމުގައި ލިބޭނެކަމަށް އޭނާ ބުންޏެވެ.

އަރީފަށް ހުރިހާ އެއްޗެއް މާމަ ކިޔާދިނެވެ. އަދި އަރީފްއަށް އެއްޗެއް ބުނަންވެސް ނޭގުނެވެ.

ހޮސްޕިޓަލްގައި ޝާން ހޭ އަރާނެ އިރެއްގެ އިންތިޒާރުގައި މާމަ އާއި އަރީފް ތިބޭތާ ދޮޅު ގަޑިއެއްހާއިރުވީއެވެ. ޑޮކްޓަރު އައިސް މާމަ ކައިރީ ޝާން ހޭއަރާފިކަމަށް ބުނުމާއެކު، ފަހުން ވޯޑުގައި ފަރުވާދެމުންދިޔަ، ޝާން ކައިރިއަށް މާމަ އާއި އަރީފް ގޮސް ވަނެއެވެ.

މާމަ ގޮސް ޝާންގެ ނިއްކުރީގައި ބޮސްދިނުމަށްފަހު ވީ ކިހިނެއްތޯ ސުވާލުކުރިއެވެ. އަދި ކައިރީގައި ހުރި މީހާއަކީ ކާކުކަން ކިޔާދިނެވެ.

"ތޭންކްސް ބަޑީ.... މަށަށް ކިޔަނީ ޝާން.... ރޮވޭ ކަހަލަ ގޮތަކަށް ޝާން ބުންޏެވެ.

ޝާން މާމަ އަށް ހުރިހާ އެއްޗެއް ކިޔާދޭން ފެށިއެވެ.

"އެއްކަލަ މީހާ އައީ.... އައިސް ވަކި އެއްޗެއް ނުކިޔާ... މަށަށް ހީވަނީ އެއީ ފަންޑިތަ ހަދާ މީހެއްހެން،،،، އެ މީހާ އައިސް އަހަންނާ ދިމާލަށް ބަލާފައި ދިޔަފަހުން... މިގޮތަށް ވީ.... މާމަ ހިނގާބަ އެކަން ހުއްޓުވަން..... އެހެން ނޫނީ މަވެސް މަރާލަފާނެ... އެއިރުން ނޭގޭނެ ކޮއްކޮއަށް ވީގޮތެއްވެސް....

މާމައަށް ވިސްނިއްޖެއެވެ. އަދި އާރިފްއަށްވެސް އެކަންތައް އެނގުނު ކަހަލައެވެ.

ދެ ދުވަހު ހޮސްޕިޓަލްގައި ޝާން އޮތުމަށްފަހު ގެއަށް ދޫކޮށްލިއިރު، ޝާންއާ އެއް ކޮޓަރިއެއްގައި ނިދުމަށް އާރިފް އެ ކޮޓަރިއަށް އެއްޗެހި ވަނީ ބަދަލުކޮށްފައެވެ.

ދުވަސްކޮޅެއްގެ ތެރޭގައި ޝާން އާ އާރިފް ގާތް ރަހުމަތްތެރިންނަށް ވެއްޖެއެވެ. ދެ މީހުން އެއްކޮށް އުޅެމުންދާތާ މަހެއްހާ ދުވަސް ތެރޭގައި އެގޭ ތެރޭގައި ހިނގަމުން ދާ ކަންކަން އާރިފްއަށްވެސް ފެނެއެވެ. އަދި ހުރިހާކަމެއް ބެލުމަށްފަހު އެންމެ ފަހުން، އައްޑޫ ހަކީމް ލައްވާ ފަންޑިތަ ހެދުމަށް ނިންމިއެވެ.

ފަންޑިތައިގެ ކަންތައްގަނޑު ފެށުމުގެ ކުރިން ހަކީމްބެއާ އެ މީހުން ބައްދަލުކުރިއެވެ. އަދި ހުރިހާ ވާހަކައެއް ކިޔާދިނުމަށްފަހު ހަކީމް އެގެ ކައިރިއަށްދިޔައީ އިތުރު ދެ މީހުންނާ އެކުގައެވެ. އެއީ ހަށިރައްކަލަކަށްޓަކައެވެ. ހަކީމްބެއަށް ކިޔާދިން ވާހަކަތަކުން ކަންކަން ގޯސްވެފައިވާކަން ހަކީމްބެއަށް އެނގުނެވެ.

ހަކީމްބެ އެ ގެއަށް ދިޔައީ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައެވެ. އެއިރު، ޝާންމެން އުޅޭ ގެ ކައިރީ އިންތިޒާރުގައި ޝާން އާއި މާމަ އަދި އާރިފް ތިބީ ބޭރުގައެވެ.

ހަކީމްބެއަކަށް އެ ގެއަކަށް ނުވަދެވުނެވެ. ކަންކަން ވަރަށް ގޯސްކަން އެނގުނީ އެހިސާބުންނެވެ. އެ ގެ ކައިރީގައި ހަކީމްގެ ހިނގާލިއެވެ. އަދި އާރިފް ކައިރީގައި ކައިރިއަށް އައުމަށް އެދުނެވެ.

މަޑުމަޑުން އާރިފް ކައިރީ ބުންޏެވެ.

"މާމަ ކައިރީ އެހެރީ ޝާންއެއް ނޫން..... ޝާން އެބަ އޮތް ކޮޓަރީގައި..... އެއީ ޖިންނިއެއް..... އެ އެއްޗާ ދިމާލަށް ނުބަލާތި..... އޭނާގެ ފައެއް ބިންމައްޗަކު ނުޖެހޭނެ..... އެހެންވެ ކަންނޭނގެ މަށަށް އެގެއަށް ނުވަދެވުނީ........

އާރިފް ބިރުގަތެވެ. ކުއްލިއަކަށް އެތަނުން ޝާން ގެއްލުނެވެ. މާމައަށް ހީވީ މޭގަނޑު އަތަށް އައި ހެންނެވެ. ބިރުން ފިއްކެނޑިގެން އިން ތަނަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

ޝާން.... ސަލާމަތް ކުރޭ........

އެއީ ނުބައި ޖިންނިއެއް ނޫންކަމަށް ހަކީމްބެއަށް އިނގެއެވެ. ހަކީމްބެ ކޮންމެވެސް ވަރަކަށް އެ ގެ ކައިރީގައި އެނބުރުނީ މީހަކު ސިހުރު ހަދާފައި އެއްޗެހިތަކެއް އެގެ ކައިރީ ވަޅުލާފައި ވާކަމަށް ޝައްކުވެގެންނެވެ.

"އަހަންނަށް ހީވަނީ.... މިގެއަށް ބަޔަކު ސިހުރުތަކެއްވެސް ހަދާފައި އެބަހުރިހެން....... އެ އެއްޗެހިތައް ހުރީ ރަށް އަޑީގައި ވަޅުލާފައި... އެހެންވީމަ ޖެހޭނީ މަސައްކަތްތަކެއް ކޮށްލަން.....

އިތުރު ބައެއްގެ އެހީއާއެކު އެ މަސައްކަތް ފެށިއެވެ. ފުރަތަމަ ކޮންނަން ފެށީ ގޭގެ ދޮރުމައްޗެވެ. މާ ފުނަށް ކޮންނާކަށް ނުޖެހުނެވެ. ފެނުނީ ފުޅިއަކަށް ލޭ އަޅާފައި އޭގެ ތެރޭގައި ކަރުދާސް ކޮޅެއް ކަހަލަ އެއްޗެއް އޮތްތަނެވެ.

ހަކީމްބެއަށް އެއީ ކޯއްޗެއްކަން އެނގުނެވެ. އަދި އޭގެ ބައިވަރު އެއްޗެހި މިގެ ކައިރީގައި ވަޅުލާފައި ހުރިކަމަށް ހަކީމްބެ ބުންޏެވެ.

އެ ރޭ ވަރަށް ދަންވަންދެން އެ ގޭގެ ބޭރުގެ އެކި ސަރަހައްދުތަކުގައި ވަޅުލާފައި އޮތް 99 ފުޅި ނެގިއެވެ. އަދި އެ ފުޅިތަކުގައި ހުރި ލޭތައް ވަރާލާ އޭގެ ތެރޭގައި ހުރި ކަރުދާސް ކޮޅުތައް ހަކީމްބެ އަތުލިއެވެ.

ބުރަ މަސައްކަތަކާއެކު، އެ މަސައްކަތްތައް ނިންމާލުވުނުއިރު އިރު އަރައިފިއެވެ. އަދި އެ ހިސާބުގަނޑުން ނަގާފައިހުރި ގާތައް އަތުރާލުމަށްފަހު، ކަންތައް ކުރަންވީ ގޮތް ކިޔާދޭން ފެށިއެވެ.

ހަކީމްބެ ބުނީ އެ ފުޅިތައް ކަނޑު ފައްތާލުމަށެވެ. އެކަން ކުރީ އާރިފްއެވެ. އެ ކަނޑުފައްތާލުމަށް ބަޔަކާއި ހަވާލު ކުރުމަށްފަހު މާމަ އާއި އާރިފް ދިޔައީ ޝާންއަށް ވީ ނުވީއެއް ބެލުމަށެވެ.

މިފަހަރުވެސް ހަކީމްބެއަށް އެގެއަށް ނުވަދެވުނެވެ. އެގެއަށް ވަންނަން ހަދާލާ ތަނުން ކޮއްޕާ ބޭރަށް ނެރެލަނީއެވެ. އެންމެ ފަހުން ކޮންމެވެސް ކިޔެވެއްޔެކިޔުމަށްފަހު ހަކީމްގެ އެގޭ ތެރެއަށް ދެމިގަންނަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ހަކީމްބެ ބުންޏެވެ. ޔަގީނެވެ. މިގޭގަައި އެހެން ކަންތައްގަޑެއްވެސް އެބަ ހިނގައެވެ.

ބައެއްގެ ރޭވުންތައް އިންތިހާއަށް މޮޅެވެ. އެމީހުން މިހާރު ތައްޔާރުވަމުން ދަނީ ޝާން އާއި އޭނާގެ ބައްޕަ އަދި މާމަ މަރާލުމަށްކަން ހަކީމްބެއަށް ދެނެގަންނަން މާ އުނދަގުލެއް ނުވިއެވެ. އެގެއަށް ހަދާފައި ހުރި ސިހުރުގެ ބާރު ކެނޑުވުމަށް ޖެހޭނީ ތިން ދުވަސް ވަންދެން ކިޔަވަން ކަމުން، ހަކީމްބެ ވަނީ ކިޔެވުމަށް ތިން މީހުން ހޯދުމަށް އަންގާފައެވެ. އަދި ތިން މީހުގެ އުނަގަނޑުގައި އެއްޗެއް އެޅުމަށް ބުނެ ތިން އެތިކޮޅު ދީފައި ބަލައިގެން އުޅުމަށް ނަސޭހަތްދީފައި ހަކީމްގެ ގެއަށް ދިޔައީ މިއަދުވެސް އިރުއޮއްސޭއިރު އަންނާނެމޭ ބުނެފައެވެ.

އަދި އަންނައިރު، ކިޔެވެލި ކިޔެވުމަށް ބަޔަކު ހޯދުމަށް އެދުނެވެ. (ނުނިމޭ)

7 ކޮމެންޓް

  1. ސަޅި ވަރަށް

  2. ޢަންނި ގެ މުސީބާތް

  3. ވ.ރީތި...

  4. ބިރު ޥަަހަކަ މި........

  5. މި ވަ ރަ ބި ރި ވު ރި ވަހަކަ

  6. ޜިީިތި ހުރައި...

  7. މިއީ ވަރަށް ށައުގުވެރި ވާހަކައެށް