ނާސާގެ އުޅަނދެއް 11 ބިލިއަން މޭލަށް ދަތުރުކޮށް ދުނިޔެ ހިމެނޭ ސުރޫދަ ނިޒާމު (ސޯލަ ސިސްޓަމް) ދޫކޮށްފިއެވެ.

ނާސާގެ އުޅަދު ވޮއޭޖާ 2 ސޫރޫދަ ނިޒާމު ދޫކޮށް ފަޒާގެ ތެރޭގައި ދަތުރު ކުރަމުން ދާއިރު މިއީ އިންސާނުން އުފެއްދި އުޅަދެއް ސޫރުދަ ނިޒާމު ދޫކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ވޮއޭޖާ 1 ވަނީ ސުރޫދަ ނިޒާމު ދޫކޮއްފައެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން 1977 ގައި ޕްލެނެޓްތައް ދިރާސާކުރުމަށް ފޮނުވި މި އުޅަނދުގެ އަސްލު މަސައްކަތަށް ފަހު ވެސް ދަތުރު ހުއްޓާނުލައި ގޮސް މިހާރު ހުރީ ދުނިޔެއާ 21 ބިލިއަން ކިލޯމީޓަރަށް ދުރަށް ދަތުރު ކޮއްފައެވެ.

ނާސާ އިން މި ދެއުޅަދު ފަޒާއަށް ފޮނުވާލީ 1977 ވަނަ އަހަރު އެވެ. ފުރަތަމަ ފޮނުވާލީ ވޮއޭޖާ 1 އެވެ. އޭގެ 16 ދުވަސް ފަހުން ވޮއޭޖާ 2 ވަނީ ފޮނުވާލާފައެވެ.

ސައިންސްވެރިން ބުނީ ވޮއޭޖާގެ އިންސްޓްރުމެންޓްތަކުން ފޮނުވާ މައުލޫމާތުން އެނގޭ ގޮތުގައި އެ އުޅަނދު ދުނިޔޭގެ އިރުގެ ހޫނު ގޭސްތައް ފަހަނަޅައި ގޮސް ތަރިތަކުގެ ފަޒާގެ ތެރޭގައި މިހާރު ދައުރުވަމުންދާ ކަމަށެވެ.
އަދި މިހާރު އެ އުޅަނދު ހުރި ދުރުކަމުގެ ސަބަބުން އެއާ ހިސާބަށް ދުނިޔެ އިން ރޭޑިއޯ ސިގްނަލެއް ފޯރަނީ ވެސް 17 ގަޑިއިރުންނެވެ.

ނާސާއިން ބުނީ މީގެ 45 އަހަރު ކުރިން މިޝަން ފެށީ ވެސް މިފަދަ ކާމިޔާބީއަކާ ހަމައަށް ވާސިލުވުމުގެ އުންމީދުގައި ކަމަށާއި މި ހޯދުނު ކާމިޔާބީ އަކީ ސައިންސްގައި އަދި ތާރީހުގައި ވެސް އަލަށް ލިޔެވޭނެ ވާހަކައެއް ކަމަށެވެ.

މި ދެ އުޅަނދު ފޮނުވީ ސުރޫދަ ނިޒާމުގައި ހިމެނޭ ޖުޕިޓަ، ސެޓާން، ޔުރޭނަސް އަދި ނެޕްޗިއުން ދިރާސާކުރުމަށެވެ. ވޮޔެޖަ 1 ދަތުރުކުރަނީ ސިކުންތަކު 45 ކިލޯމީޓަރު (ގަޑިއަކު 100،000 މޭލު) ބާރު މިނުގަ އެވެ. އެކަމަކު ކުރިއަށް އޮތް 40،000 އަހަރު ތެރޭގައި ވެސް އާ ތަރިއަކާ ހަމަ އަށް އެ އުޅަނދަށް ނުފޯރާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.