ވީޑިއޯ ގޭމާއި ޑިޖިޓަލް މީޑިއާގެ އެކި ބާވަތުގެ ހާޑްވެއަރ އަދި ސޮފްޓެވެއަރ އުފައްދާ ސޮނީ ކުންފުނިން އެކުންފުނީގެ ޕީއެސް 5 ނެރޭނެ ތާރީޚު ހާމަކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެކުންފުނިން ޕީއެސް 5 ނެރޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. އަދި އެ ގޭމިން ކޮންސޯލުގެ ގްރެފިކްސްގެ ޕީއެސް 4 އަށްވުރެ ރަނގަޅު ވާނެ ކަމަށާއި ކޮންޓްރޯލަރ ތަކުގެ ވައިބްރޭޝަންސްތައްވެސް އެންހޭންސް ކޮށްފައިވާނެ ކަމަށް ސޮނީއިން ވަނީ ބުނެފައެވެ.

ސޮނީއިން ޕްލޭސްޓޭޝަންގެ އެންމެ ފަހުގެ މޮޑެލް، ޕީއެސް 4 ނެރެފައިވަނީ މީގެ ހަ އަހަރު ކުރިން 2014 ވަނަ އަހަރުއެވެ. އެފަހުން އެ މޮޑެލްގެ އެކި ސީރީސްތައް ނެރެފައިވެއެވެ. އެގޮތުން ޕީއެސް 4 ސްލިމް، ޕީއެސް 4 ޕްރޯ ފަދަ އުފެއްދުންތައް އޭގެ ތެރޭގައި ހިމެނެއެވެ.

މިއީ ޕީއެސް ކުޅޭ ގިނަ ފަރާތްތަކަކަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.

ޕީއެސް 5 ގެ ޑިޒައިން އަދި އާންމުކޮށްފައި ނުވެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ޚަބަރު ގެންނަ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޕީއެސް 4ގެ ޑިޒައިނާ އަޅާ ބަލާއިރު ޕީއެސް 5 ގެ ޑިޒައިން ވަރަށް ބޮޑު ތަނުން ތަފާތުވެ، ރީތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު