އެޕަލް ކުންފުނިން މިއަހަރު ތެރޭ ޖުމްލަ 7 އައިފޯނެއް ބާޒާރަށް ނެރޭނެ ކަމަށް ބުނެފިއެވެ.

ޓެކް ވެބްސައިޓުތަކުގައި ބުނެފައިވާ ގޮތުގައި އެޕަލް އިން މިއަހަރު ތެރޭ ނެރޭނީ އައިފޯސް އެސްއީ ސީރީސްގެ ފޯނަކާއި އައިފޯން 12 ސީރީސްގެ ހަ ފޯނެވެ.

  1. އައިފޯން އެސްއީ 2 : މިއަހަރު ތެރޭ އެޕަލް އިން އެންމެ އަވަހަށް ނެރޭނީ މި ފޯނެވެ. މިއީ 2016 ވަނަ އަހަރު އެކުންފުނިން އުފެއްދި އައިފޯން އެސްއީ ގެ ފަހުގެ އުފެއްދުމެވެ. މިއަހަރުގެ މާޗު މަހުގެ ތެރޭގައި މި ފޯނު ބާޒާރަށް ނެރޭ އިރު ކުރީގެ ފޯނާ އަޅާބަލާއިރު މި ފޯނުގައި ހުންނާނެ ހަމަ އެކަނި ތަފާތަކީ ފޯނުގެ ޑިސްޕްލޭ ބޮޑުވުމެވެ. ކުރީގެ ފޯނުގައި 4 އިންޗީގެ ޑިސްޕްލޭއެއް ހުރި ނަމަވެސް މިއަހަރު ނެރޭ ފޯނުގައި 5.1 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެއެވެ. ފޯނުގެ ފަހަތުގައި އެއް ކެމެރާ ހުންނަ އިރު ފޭސް ފޯނު ހުޅުވުމަށް ރިކޮގްނިޝަންއެއް ނުހުންނާނެ އެވެ. އަދިވެސް މި ފޯނު ހުޅުވަން ޖެހޭނީ ފިންގަޕްރިންޓުންނެވެ. މީގެ އިތުރުން މި ފޯނުގައި އެޕަލް އިން މިފަހަރު ބޭނުން ކުރާނީ އެކުންފުނީގެ އެންމެ ފަހުގެ އޭ3 ގެ ޗިޕެކެވެ. މިހުރިހާ ފީޗާސްތަކާ އެކު ފޯނުގެ އަގު އުޅޭނީ 399 ޑޮލަރަށް ކަމަށް ވެއެވެ.
  2. އައިފޯނު 12: 6.1 އިންޗީގެ ޑިސްޕްލޭއަކާއެކު 4ޖީ ނެޓްވޯކު ލިބޭ ގޮތަށް އުފައްދާ މި ފޯނު ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ފޯނުގައި ތިން ކެމެރާ ހުންނާނެ އެވެ. މި ފޯނުގައިވެސް އައިފޯނު 11 އާ އަޅާބަލާއިރު ތަފާތު ފީޗާއެއް ހުންނާނެ ކަމަކަށް ނުބެލެވެއެވެ.
  3. އައިފޯނު 12 ޕްރޯ - 4ޖީ: މި ފޯނުގެ ޑިސްޕްލޭގައި ހުންނާނީ 5.4 އިންޗިއެެވެ. މި ފޯނަށްވެސް ލިބޭނީ 4ޖީ ނެޓްވޯކެވެ. މި ފޯނުގައިވެސް އައިފޯނު 11 ޕްރޯއާ އަޅާބަލާއިރު ތަފާތު ފީޗާއެއް ހުންނާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ޑިޒައިނަށް ބަދަލުތަކެއް އައިސްދާނެ ކަމަށް ލަފާ ކުރެވެއެވެ. ފޯނުގައި ފުރަގަހުގައި މި ފޯނުގައިވެސް ހުންނާނީ ތިން ކެމެރާއެވެ.
  4. އައިފޯނު 12 ޕްރޯ ޕްލަސް - 4ޖީ: މި ފޯނުގައިވެސް ހުންނާނީ އައިފޯނު 12 ގައި ހުންނަ ވަރުގެ، 6.1 އިންޗީގެ ޑިސްޕްލޭ އެކެވެ. މި ފޯނުވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރޭނެއެވެ. މި ފޯނުގައިވެސް ފުރަގަހުގައި ތިން ކެމެރާ ހުންނާނެ އެވެ.
  5. އައިފޯން 12 ޕްރޯ 5ޖީ: މިއީ އެޕަލް އިން ނެރޭ 5ޖީ ނެޓްވޯކު ލިބޭ ފުރަތަމަ ފޯނެވެ. މި ފޯނުގައި ހުންނާނީ 5.4 އިންޗީގެ ޑިސްޕްލޭ އެކެވެ. މި ފޯނުގައިވެސް ފުރަގަހުގައި ތިން ކެމެރާ ހުރެފައި "ޓައިމް އޮފް ފްލައިޓް 3ޑީ ސެންސިން" ފީޗާ ހުންނާނެ އެވެ.
  6. އައިފޯނު ޕްރޯ ޕްލަސް 5ޖީ: 6.1 އިންޗީގެ ޑިސްޕްލޭ އަކާއެކު ނެރޭ މި ފޯނަށްވެސް 5ޖީގެ ނެޓްވޯކު ލިބޭނެ އެވެ. މި ފޯނުވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރޭނެއެވެ. މި ފޯނުގައިވެސް ފުރަގަހުގައި ތިން ކެމެރާ ހުރެފައި "ޓައިމް އޮފް ފްލައިޓް 3ޑީ ސެންސިން" ފީޗާ ހުންނާނެ އެވެ.
  7. އައިފޯނު ޕްރޯ މެކްސް 5ޖީ: 5ޖީގެ ޚިދުމަތް ލިބޭ މި ފޯނުގައިވެސް ހުންނާނީ 6.1 އިންޗީގެ ޑިސްޕްލޭ އެކެވެ. މި ފޯނުގައިވެސް ފުރަގަހުގައި ތިން ކެމެރާ ހުރެފައި "ޓައިމް އޮފް ފްލައިޓް 3ޑީ ސެންސިން" ފީޗާ ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްމަޑޭ

    ދިވެހި ލިޔާއިރު ކުށްތައް މަދުނަ ލިޔުމައް އެދެން

    • ސޯދިގު

      ކުށްތައް މަދުނައެއް ނޫން. މަދުން. ފުރަތަމަ ތިމާ އިސްލާހުކުރޭ.

      • އައިސަޕޯޓް ސޯދިގު

        ބޮރޯ! ތީ މޭންނެއް!

        • ށަމީރު

          ތީ ހަމަ އެކެއް!