މި އަހަރު ނިމުމުގެ ކުރިން ގޫގުލް ޕިކްސްއެލް ފޯލްޑް ބާޒާރަށް ނެރެފާނެ ކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ދަ އިލެކް އިން ބުނެފިއެވެ.

މި އަހަރު ގޫގުލް އިން މި ފޯނު ބާޒާރަށް ނެރެފި ނަމަ މި އަހަރަކީ އެ ކުންފުންޏަށް ވަރަށް ހާއްސަ އަހަރަކަށް ވާނެއެވެ.

ގޫގުލް އިން މިހާތަނަށް ފޯޑަބަލް ފޯނެއް އުފައްދާފައި ނުވާއިރު ފުރަތަމަ ފަހަރަށް އެ ކުންފުނިން މިފަދަ ފޯނެއް ބާޒާރަށް ނެރުމުން އެއީ ކުންފުންޏަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިއަހަރު ގޫގުލް އިން ނެރޭނެ ކަމަށް ބެލެވޭ ފޯނުގައި ފާހަގަ ކޮށްލެވޭ އެތައް ކަމެއް ހިމެނޭނެ ކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން މި ފޯނުގައި ޕާސްޕޯޓް ހިމެނޭ އިރު ފޯނުގެ ޑިސްޕްލޭ ސައިޒުގައި 7.6 އިންޗި ހުންނާނެއެވެ.

ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ފޯލްޑަބަލް ފޯނުތައް ނެރެފައިވާ އިރު އިތުރު ކުންފުންޏަކުން މިފަދަ ފޯނެއް ނެރުމުން ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

މަޝްހޫރު ފޯލްޑަބަލް ފޯނުތަކުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް ތްރީ، ގެލެކްސީ ފްލިޕް ތްރީ ހިމެނެއެވެ. ބައެއް މަސްދަރުތަކުން ހާމަވާ ގޮތުގައި ބައެއް ފޯލްޑަބަލް ފޯނުތަކުން 20 އިންސައްތަ ޑިސްކައުންޓް ދޭން ވެސް މިހާރު ވަނީ ކުންފުނިތަކުން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު