ޓެކް ދުނިޔޭގައި ފިޔަ ޖަހަމުން އަންނަ އެޕަލް ކުންފުނިން އަގުހެޔޮ ފޯނެއް އުފައްދަން ނިންމައިފިއެވެ.

އެޕަލްގެ ހަބަރުތައް ގެނެސްދޭ ފަރާތެއް ކަމަށްވާ މިންގް-ޗީ ކުއޯ ބުނީ އަންނަ އަހަރު އެޕަލް އިން 6.7 އިންޗީގެ ސްކްރީނެއް ހުންނަ ފޯނެއް 900 ޑޮލަރު(13،878 ރުފިޔާ) އަށް ވިއްކާނެ ކަމަށެވެ. މީގެ ސަބަބުން އައިފޯން 14 ގަންނަ ފަރާތްތަކަށް އަގުހެޔޮ ފޯނެއް ލިބޭނެއެވެ.

ކުޔޯ ލަފާ ކުރާގޮތުގައި އަންނަ އަހަރު އެޕަލްގެ ނަންޕްރޯ އައިފޯންތަކުގެ ތެރޭގައި 6.1 އިންޗި އަދި 6.7 އިންޗީގެ ސްކްރީނެއް ހުންނަ ފޯނު ނެރޭނެއެވެ. މިއީ މިހާރު އެޕަލް އިން ނެރެފައިވާ އައިފޯން 12 ޕްރޯ އާއި 12 ޕްރޯ މެކްސްގެ ސައިޒެވެ.

އަންނަ އަހަރު އެޕަލް އިން އައިފޯން މިނީ 5.4 އިންޗީގެ ސްކްރީން ހުންނަ ފޯނު ނުނެރޭނެއެވެ. އެއީ އެ ފޯނަށް އޮންނަ ޑިމާންޑު ދައްވާތީ ކަމަށް ކުޔޯ ލަފާކުރެއެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯޓު ކުރާ ގޮތުން މިހާރު ގިނަ ފަރާތްތަކުން ބޭނުންވަނީ ހަ އިންޗިއަށްވުރެ ބޮޑު ޑިސްޕްލެއި އެއް ހުންނަ ފޯނުތަކެވެ. އަދި އެޕަލްގެ ބައެއް ފޭނުން ސެމްސަންގް އަށް ބަދަލުވަމުންދާކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ފާއިތުވި އަހަރު އެޕަލްގެ ވިޔަފާރި ހިނގި ގޮތުގެ ރިޕޯޓުންވެސް މިކަން ހާމަވެއެވެ.

ކޮވިޑާ ގުޅިގެން ގިނަ ބަޔަކަށް އައި ތާށިކަމުގައި ސްމާޓް ފޯނުތަކަށް އޮންނަ ޑިމާންޑަށް ވެސް އަސަރުކޮށްފައިވެއެވެ. މިހާރު ކަސްޓަމަރުން ބޭނުންވަނީ ބޮޑު ޑިސްޕްލެއި އެއް ލާފައި ހުންނަ ފޯނުތައް އަގުހެޔޮކޮށް ގަންނާށެވެ. އަދި އެޕަލް އިން މަސައްކަތް ކުރަނީވެސް މި އަމާޒަށް ވާސިލްވުމަށް ކަމަށްވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮޑަމްބޯ

    ރާއްޖޭގަ ވިއްކާނީ 25000