މަރީނާ އިސްމާއީލް އަކީ ބ.ގޮއިދޫ ފޮނިތޮށިމާގެއަށް ނިސްބަތްވާ 65 އަހަރުގެ މަންމައެކެވެ.

ނޭވާލުމުގެ ނިޒާމަށް ދިވާވި މައްސަލަޔަކާއި ގުޅިގެން ހަޔާތުގެ ހުޅުކޮޅެ މަޑުވެ އުދަރެސް ބޯވިލާތަކުން ފޮރުވާލީ މީގެ 4 އަހަރު ކުރިންނެވެ. މިއީ މި ދަތުރުގެ ފެށުމެވެ. ނަމަވެސް މަންމަގެ ހާލު އިތުރަށް ސީރިޔެސްވެފައެވެ. އެއީ މަންމަ، ކްރޮނިކް ރެސްޕިރޭޓަރީ ފެއިލިޔާގެ ޝިކާރަޔަކަށް ވެގެން ދިޔުމުންނެވެ.

ކްރޮނިކް ރެސްޕިރޭޓަރީ ފެއިލިޔާއަކީ ފުއްޕާމެޔަށް ނަގައިދޭ އޮކްސިޖަންއަށްވުރެ ކާބަންޑައިއޮކްސައިޑްގެ އިންސައްތަ ޕުއްޕާމޭގައި ގިނަވުމުގެ ސަބަބުން ނޭވާލުމުގެ ދަތިތައް ދިމާވާ ބައްޔެކެވެ. މބައްޔަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.

"މަންމައަށް ފަރުވާދޭތާ މިހާރު މިވީ 4 އަހަރު. ނޭވާލަން އުނދަގޫވުމުގެ ސަބަބުން 2 އަހަރު ވެއްޖެ އޮކްސިޖަންގެ އެހީގައި އުޅޭތާ" މަރީނާގެ ދަރިޔެއް ކަމަށްވާ މަރިޔަމް އިފާޝާ ވަގުތަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކެރީގެ އަސަރުގެ ތެރެއިން ފުރަތަމަ ފަހަރަށް ވިދާލީ މީގެ 3 ހަފްތާ ކުރިންނެވެ. މަންމަގެ ހާލު އިތުރަށް ގޯސްވިއެވެ. ނޭވާލާން ދަތިވެ ނޭވާކުރުވަން ފެށިއެވެ.

"މަންމައަށް މިހެންވާން ފެށުމުން އަވަސްވީ ގޮތަކުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިން. އެ ހޮސްޕިޓަލުގައި އެއް ހަފްތާ ފަރުވާކޮށް އެންޓިބައޯޓިކްސްތައް ދެމުން އައިން. އެހެން ނަމަވެސް ޑރ. ބުނީ ދެން މިތަނުން ދެވޭނޭ އެއްވެސް ފަރުވަލެއް ނެތޯ! މަންމަގެ މޭގައި އިންފެކްޝަން ހެދިފަޔޯ އެހެރީ" އިފާޝާ ކިޔައިދިނެވެ.

މިޔާއެކު ހުޅުމާލެ ހޮސްޕިޓަލްގައި އިތުރު ފަރުވާއެއް ދެވެން ނެތުމުން މަރީނާގެ ދަރިންގެ މެދުގައި މަޝަވަރާކުރުމަށްފަހު ހުޅުމާލޭގައި ދެން އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް މަންމަ ގެންދިޔަކަމަށް އިފާޝާ ބުންޏެވެ. އެއީ މަންމަގެ ހާލަތު ދަށް ވަމުން ދާތީކަމަށް ބުނެފައިވެއެވެ.

"މީހުން އެހީއަށް އެދުނީމާ ބުނި ރިއުޅެނި ހޮޓަލްސްޓަރ ހޮސްޕިޓަލްތަކުގައޭ. އެކަމް ކޮންމެ މީހަކު ވެސް މަންމަ ބަލިވުމުން އިނގޭނީ. ކާކުބާ ހުޅުމާލެ ހޮސްޕިޓަލުން އައިޖީއެމްއެޖްއަށް އެ ވަގުތު އަވަސް ފަރުވާ ދިނުމަށް ގެންދާނީ. އަތުގައި އެވަރަށް ލާރި ހުރެގެންނެއް ނޫން ޓްރިޓޮފްއަށް ގެންދިޔައީކީއެއް." އިފާޝާ ކިޔަދިނެވެ.

ޓްރީޓޮޕްއަށް ގައި މަންމައަށް ފަރުވާ ދެމުން ގެންދިޔައެވެ. ގިނަ ޓެސްޓް ތަކެއް ހެދުމަށް ފަހު ޑޮކްޓަރު އާއިލާއާއި ބައްދަލުކޮށް ބުނީ މަންމަ ފުއްޕާމޭގެ ހާލަތ ވަރަށް ދަށް ކަމުގައެވެ. ފުއްޕާމޭގެ 99 ޕަސެންޓް ހަލާކުވެފައިވާއިރު އޮކްސިޖަން ހަށީގަނޑަށް ނެގޭ އަދަދަށްވުރެ ހަށިގަނޑުގައި ކާބަންޑައިއޮކްސައިޑް ގިނަ ކަމުގައެވެ. މިހެން ވުމުން ނޭވާ ކުރުވެ އުނދަގޫތައް ވާނޭ ކަމަށްވެސް ޑޮކްޓާ ބުންޔެވެ.

މިލާފައިވާ މޫނުތަކަށް ކުޑަ ނަމަވެސް އަލި ކަމެއް ގެނުވައިދިނީ ދެން ޑޮކްޓަރ ދެއްކިވާހަކައަކުން ނެވެ. އެއީ މަންމަގެ ފުރާނަ ދުނިޔޭގައި ބޭއްވުމަށް ކުރެވޭނެ ދެ ކަމުގެ ވާހަކަ ހިއްސާ ކުރުމުންނެވެ.

"ޑޮކްޓަރ ބުނީ މަންމަގެ ފުރާނަ ދުނިޔޭގައި ބޭއްވުމަށް ދެން ކުރެވެން އޮތީ 2 ކަންކަމަށް. އެއީ ވެންޓިލޭޓަރަށް ލުން ނޫނީ ބައިޕެޕް ދިނުން ކަމަށް. ދެން މަންމަގެ 11 ދަރިންގެ މެދުގައި އަޅުގަނޑުމެން ވާހަކަ ދައްކާ ނިންމީ ބައިޕެޕް ދޭން. އެއީ ވެންޓިލޭޓާރ އަށް ލާ ހިސާބުން މަންމަގެ ފުރާނަނެތް މަސްގަނޑު މި ފަސްގަނޑުގެ އަޑީގައި ބޭއްވުމެކޭ އެއްފަދަ ކަމަކަށް ވީމާ." އޭނާ ބުންޏެވެ.

އިފާޝާގެ އާއިލާގެ މި ނިންމުމާއި އެއްގޮތަށް މަންމައަށް ބައިޕެޕް ދެވެމުންއަޔެވެ. ބައިޕެޕް ދޭތާ 4 ދުވަސް ވީއިރުވެސް ޑޮކްޓަރުގެ އެއްވެސް ބަހެއް ނުލިބެޔެވެ. މަންމަގެ ހާލެއްވެސް ބަޔާނެއް ނުކޮށްދެއެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި ތިއްބާ 5 ވަނަ ދުވަހު ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް އާއިލާއަށް ލިބިގެން ދިޔައީ ޑޮކްޓަރުގެ ބަސްކޮޅުންނެވެ. އެއީ މަންމަގެ ހާލު ވަރަށް ލަހުން ވަރަށް މަޑުން ނަމަވެސް ރަނގަޅު ވަމުން އަންނަ ކަމުގެ އުފާވެރި ވާހަކަ އަޑު އިވުމުންނެވެ.

މަންމަ ކޮންމެވެސް ވަރަކަށް ރަނގަޅު ވުމުން ވޯޑަށް ބަދަލު ކުރެވުނެވެ. ނަމަވެސް އެއްވެސް ދުވަހެއްގައި ދިމާ ނުވާ ފަދަ ހާލަތަކާއި އަނެއްކާވެސް ދިމާވިއެވެ. ހާލަތު ބަދަލު ކޮށްލީ މަންމަގެ އަގައިން ފޮނުތަކެއް އަރަން ފެށި ހިސާބުންނެވެ. މަންމަގެ ނޭވާ ކުރުވެ މަންމަގެ ހެޔަށް ގޮތް ގޮތްވާން ފެށި ހިސާބުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އިފާޝާ ބުނީ މަންމައަށް ފިޓު ޖެހުނީ ކަމަށެވެ. ފިޓުޖެހިގެން ފަރުވާ ދޭން ފެށިތާ އިރުކޮޅެއް ނުވަނީސް ދެވަނަ ފިޓު ޖެހުންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މިކަމުގެ ސަބަބުން މަންމަގެ ހާލަތު ވަރަށް ދަށް ކަމަށާއި މިހާރު އޮތީ އައިސީޔޫގައި ކަމަށްވެސް އިފާޝާ ބުނެފައިވެއެވެ.

"ޓްރީ ޓޮފްގައި މަންމަ އެޑްމިޓް ކުރެވުނު އިރު ވެސް ބިލަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރައިފައިވޭ. އެންސްޕާއަށް ދިޔައިމާ ބުނީ ބިލަށް އެއްކޮށް ލާރި ދައްކާފައި ގެންނާށޯ. އޭރުން އާސަންދާގެ ހިދުމަތްވެސް ލިބޭނެޔޯ. އެކަމަކު އަޅުގަނޑުމެންގެ އަތުގަ ނެތް އެވަރަށް ފައިސާއެއް." އިފާޝާ އާއިލާގެ މާލީ ހާލަތު ބަޔާންކޮށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ބައިވަރު މަޖްލީސް މެންބަރުންނާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވާނޭ ކަމަށާއި އެހެން ނަމަވެސް ފަހުން ގުޅި ނަމަވެސް ކުޑަ މިނުން ފޯނުވެސް ނުނަގާ ކަމަށް އިފާޝާ ބުންޏެވެ.

އާއިލާގެ އެދުމަކީ މަންމައަށްޓަކާ އާއިލާ ވަމުން އަންނަ ޖިހާދުގައި ބައިވެރިވުމުގެ ގޮތުން ތިބޭފުޅުންގެ ކުޑަ ނަމަވެސް ދީލަތި އެހީތެރިކަމެއް ވެދެއްވުމެވެ.

މަރީނާ އިސްމާއީލަށް އެހީތެރިވުމަށް:-

ފޯން ނަންބަރު: 7790420 / 7378204

ވައިބަރ ނަންބަރ: 7853954

އެކައުންޓް ނަންބަރު: 7718240096101 - މަރިޔަމް އިފާޝާ

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގައުމު

    އޯގަތެރި ސަރުކާރު މީ..އެ ކަމަކު ނިކަމެތި މީހަ މި ޖެހެނި ފުރަނާޔަށް ވެސް މިމީހުން ކައިރި ސާލަން ޖަހަން.މިފަދަ ބޮޑެތި ބަލިތަކަށް އެއްވެސް އުޖުރުނެތި ސަރުކާރުން އެބަޖެހޭ 100% އެހީވާން.ނަމެއް ގަ އާސަންދަ ވެސް ދެނީ.މީ ބޮޑު ވަރު އެންމެން ވެސް ވެރިކަމަށް އަންނަން އުޅޭ އިރު ރައްޔުތުމީހާ ޔަ ވުރެން މުހިންމުނުވޭ އެއްކަމެއް ވެސް.މިފަދަ ނިކަމެއްތެކަން ލިބިފާވާ ކިތަށް އާއިލާ ރައްޖެ ގަ އެބަ އުޅޭ.ވެރިކަން ލިބުނީމަ މަންބަރެއްވިޔަސް ރާއިސް ވިޔަސް މި ކަމެއް ނުފެނޭ.އެކަމަކު ރައްޔުތުންނަށް ޓަކާ އެންމެން ވެސް ވެރިކަމަށް އަންނަނި.ތި އައާލަޔަށް ކެތިރިކަން މިންވަރު ކުރައްވާށި.ތި ބާ ގެ މަންމަ ޔަ އަވަސް ޝީފަޔަކަށް އެދި ދުވާކުރަން 🙁

    32
    1
  2. ބޮލި މުލައް

    ކޮބާ މަހުލޫފު މި ނިކަމެތި ޢާއިލާއަށް އެހީތެރިކަމެއް ދިނުން މާ އައުލާކަން ބޮޑު ދޯ

    43
    2
    • މަހުލޫފްގެ ހިޔާލު

      ބޭކާރު ނިކަމެތި ރައްޔިތުންނަށް ވުރެ މުހިންމީ ރާއްޖެއަށް ރަން މެޑަލާއި ތަށިތައް ގެނެވޭފަދަ ޒުވާނުން.

  3. ނިކަމެތި އަޅުގަނޑު

    އެވަރުންވެސް ތަންތާ ކުޅިވަރުކުޅޭ މީހުންނަށް ލައްކައިން ބައި މިލިޔަނުން ރުފިޔާ ހަރަދުކުރަނީ. ހެޔޮވާނީ ކިހިނެއް؟ ނިކަމެތިން ނިކަމެތިންގެ ގޮތުގައި މިދުނިޔެ އަޅާ ދާންވީ. އޯގާތެރި ރައީސް ކޮބާ؟ ދަތި ހާލުގައި އުޅޭ މީހުންނާ މެދު ވިސްނާލަން މި ސަރުކާރުގަ ހުރީ ކާކު؟ އެއިން މީހެއްގެ ދިރިއުޅުމަށް މިފަދަ ހާލަތެއް ދުވަހެއްގައިވެސް މެދުވެރިވެދާނެ ކަމަށް ނުވިސްނަނީ ކީއްވެ؟ ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނާނެ ތަނެއް ނޫން. ނިކަމެތި މީހާގެ ދަރަޖައަށް މާދަމާ ތިއިން މީހަކުވެސް އަންނަން ޖެހިދާނެ. ހުރިހާ ކަމަކަށް ހެއްދެވި ފަރާތް ކުޅަދުންވަންތަ. ދަރިންގެ ބޭސްފަރުވާއަށް މައިންބަފައިންގެ ބޭސްފަރުވާއަށް އެއްބަނޑު ތިމާގެ މީހުންގެ ބޭސްފަރުވާއަށް ސަލާންޖަހާ މީހުން މިދަނީ ދުވަހެއް ދުވަހެއްކަމަށް ގިނަވަމުން. ފޭސްބުކަށް ވަދެފިއްޔާ ފެންނަ މަންޒަރުތަކުންނާ އިވޭ އަޑުތަކުން ހިތް ފަޅައިގެންދާވަރުވޭ. ހިތަށް އަރާ މާތްﷲ މި އަޅާއަށް ތަނަވަސްކަމެއް ދެއްވާފަ ވާނެ ނަމައޭ. އޭރުން ޔަޤީނުންވެސް ވެވުނު މިންވަރަކުން އަޅުގަނޑު އެހީވާނަން.
    ފުޓްބޯޅަ ކުޅޭ މީހުންނަށް ލައްކައިން ފައިސާ ހަރަދުކޮށް ރާއްޖެއަށް ރަން މެޑަލް ހޯދި ކުއްޖާއަށް ބައި މިލިޔަން ރުފިޔާ ނުދިނަސް އެމީހުންގެ އަގު ވަޒަން ކުރެވޭނެ.
    ހާދަ ދެރައެއްވެޔޭ ނިކަމެތި ރައްޔިތު މީހާއާއި މެދު ވިސްނާލާނެ ވެރިޔަކު ނުލިބޭތީ. ކޮންމެ މީހަކުވެސް މޮޅެތި ވާހަކަ ދައްކައިގެން ރައްޔިތުމީހާ ހައްލާލައިގެން ރާއްޖޭގެ ރައީސް ކަމަށް އަންނަނީ. އަޅުގަނޑު ކަހަލަ ނިކަމެތި ދަރިންނާމެދު ވިސްނާނެކަމަށް ހީކޮށް ރައީސްއަށް ވޯޓްދިން މީހެއް އަޅުގަނޑަކީ.
    ތެދެއް ބުނަންޏާ ރޭގައި ރާއްޖެ ޗައިނާ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވުމުން އުފަލުން ރޮވުނު. މިނޫނީ ދުވަހަކުވެސް ރާއްޖެ ބަލިވެގެން އުފާ ވެފައެއް ނެތް. ހިތަށް އެރި ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމޭ. އެކަލާނގެ އޯގާތެރިކަމޭ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް. ނިކަމެތި ރައްޔިތު މީހާ ގައިން ދާ އޮހުރުވައިގެން ހޯދާ ލާރި ދަނޑުމައްޗަށް އަރާފަ ބޯޅައިގެ ފައިން ޖަހާލީމަ ދޭން މި މީހުން ނިންމި ނިންމުން އެކަލާނގެ ފެއިލް ކޮށްލައިފި.
    މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެކައުންޓުގައި ހުރި ނަވާރަ ސަތޭކަ ރުފިޔާއިން ތި މަންމައަށް އެހީވާނަން. އިންޝާﷲ. ﷲ ގެ މަގުގައި ހޭދަކުރާ އެއްވެސް އެއްޗަކީ ގެއްލިގެން ދާނެ އެއްޗެއް ނޫން. ބަލިހާލި ތަޙައްމަލު ކުރަމުންދާ އެންމެހާ މީހުންނަށް އެކަލާނގެ ހެޔޮ ރަޙްމަތްފުޅާ މިންވަރުފުޅުން އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އަމީން

    49
  4. Anonymous

    މަޖިލީސް މެންބަރުންނަކީ ވަރަށް ހަރާންކޯރު ބައިގަޑެއް

    39
    2
  5. އަލީ އަހުމަދު

    ކޮބާތަ އެން.ސްޕާ؟

    21
  6. ނަސޭހަތް

    ކުޅިވަރަށްޚަަރަދުކުމަށްވުރެ މުހިއްމީ ހާލުގައިޖެހި މަރާހަގުރާމަކުރަމުންދާ މިފަދަނިކަމެތި ދަރިއަކަށް
    ޚަރަދުކުރުން ޓެކުސްފައިސާތެރެ އަހަރެންގެފައިސާވެސް

    28
    1
  7. ޙެހެހެ

    ކޮބައިތޯ ހުސްނުވާ އާސަނދަ. ކޮބައިތޯހިލޭ ބޭސްފަރުވާ އެއީ ހަމައެކަނި ރައްޔިތުން މަޖިލިހުގެ މެމބަރުންނައް އޮތް އެއްޗެއްތޯ

    12
    1
  8. ދެރަނުވޭ

    މިސަރުކާރުގެ ވައުދެ ފަންޑްފޮށި އުވާލުން.. ވައުދުތައް ލިޔުނުބަޔަކާ ވައުދު ކިޔާދިންމީހާ ހަދާން ނެތުނީތަ ތިމާ ވައުދެކޮއްފަވެއްޖެކަން.. އެންސްޕާއިން ފައިސާދޫކުރަނީ ބަލުމީހާގެ ބިލުއަދާކޮއްފަ ރަސީދުކޮޅު ގެންދިޔާމަ ކަމަށްވަންޏާ ސަރުކާރަށް ސަލާންޖަހާކަށް ރައްޔިތުންނުދާނެދޯ އެހާފުދޭނަމަ.. ރައްޔިތުންނަ މަލާމާތްކުރަނީ މިސަރުކާރުން.. ކޮބާ ޒަކާތުފަންޑް މިފަދަ ރައްޔިތުންގެ ހައްގު ފަސޭހައިން ލިބޭނެގޮތެ ހަދާބަލަ.. އާސަންދައިން ނުވާބައި އެންސްޕާއިން ހަމަޖައްސާފަ މިކަންތަ ރައްޔިތުމީހާ މަގުމަތިނުކޮށް ސަރުކާރަށް މާސޭހައިންކުރެވޭނެނުން.. އެންސްޕާވިޔަސް އާސަންދަވިޔަސް މިއީ މިދައުލަތުގެ ދެމުއައްސަސާނޫންތަ.. އަދިރިދައުލަތާ އަޑީދައުލަތް ހަދާގެންއުޅޭމީހާ 65ގޮނޑި ނަގައިގެން އުޅޭއިރު އެއިންމީހެއްގެ އަތުން 200ރުފިޔާ ނަގާފަދީބަލަ... ދެންމިއުޅޭ ގާސިމު ސިޔާސީމީހުން ގަނެ ވިޔަފާރިކުރާއިރު މީނައަށްވެސް މިވަރުކަމެނުކިއްދެވޭ ދެރަމީހަކަށް.. ސަން ޝިޔާމުވެސްމިފަދަ..

  9. ބޮކުބާޑު

    ކޮންމެ ކުޅުންތެރިއަކަށް ދޭން ބުނި ފައިސާ އެކުޅުން ތެރިންނަށް ދޭކަށެއް ނުޖެހުނު. އެހެންވެ، މިދަށްތައަށް އެހީވުމަށް އަވަސްކުރޭ. ޓެކްސްދަށްކާ އެކަކުވެސް ދެކޮޅެއް ނުހަދާނެ. ބޭކާރު ޚަރަދު ނުކޮށް، އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވޭ. ދައުލަތުގެ ފައިސާ އަކީ އެހީއަށް ބޭނުންވާ މީހާގެ ވެސް ހައްގެއް. އެންމެންގެވެސް ހައްގެއް. އަމާނަތްތެރިވޭ.