ލުނބޯ ހުތަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ގުދުރަތީ މާއްދާއެކެވެ. އެގޮތުން ދުވަސް ފަށާއިރު ހެނދުނު ސައިގެ ގޮތުގައި ހޫނުފެނަށް ލުނބޯ ހުތް އަޅައިގެން ބުއިމަކީވެސް ސިއްހަތަށް ފައިދާކުރާ ކަމެކެވެ.

މިގޮތަށް ލުނބޯ ހުތް ބޭނުން ކުރުމުން ލިބޭ ފައިދާތަކަށް އަލިއަޅުވާލާނަމެވެ.

ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ:

ލުނބޯއަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ޕޮޓޭޝިއަމް ހިމެނިގެންވާ ގުދުރަތީ މާއްދާއެކެވެ. ވިޓަމިން ސީ އިން ރޯގާތަކުން މީހާ ސަލާމަތްކޮށްދޭއިރު ޕޮޓޭޝިއަމް އިން ސިކުނޑިއާއި ނާރުގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކޮށްދީ ލޭ މައްޗަށް ދިއުމުން މީހާ ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

ހަށިގަނޑުގެ "ޕީއެޗް" އެއްވަރެއްގައި ހިފަހައްޓައިދޭ:

ލުނބޯގައި އެކުލެވިގެންވާ ސިޓްރިކް އެސިޑަކީ ހަށިގަނޑުގެ އެތެރެއަށް ވާސިލް ވުމުން އަލްކަލައިނަށް ބަދަލުވާ އެއްޗެކެވެ. އަދި ހަށިގަނޑުގެ އެތެރޭގައި އެސިޑިޓީ އުފެދުމުގެ ބަދަލުގައި މިމާއްދާގެ ސަބަބުން ހަށިގަނޑުގެ ސިއްހަތު ރަނގަޅުވާ މަގުފަހި ކުރުވައެވެ.

ބަރުދަން ލުއިކޮށްދޭ:

ލުނބޯގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރޭގައި ޕެކްޓިން ފައިބަރ ކިޔާ މާއްދާއެއްވެސް ހިމެނެއެވެ. މި މާއްދާއަކީ އަވަސް އަވަހަށް ބަނޑުހައި ވުމުން މީހާ ދުރުކޮށްދޭ މާއްދާއެވެ. ކެވޭ މިންވަރު މަދު ކުރެވުމަކީ ބަރުދަން ލުއި ކުރުމަށް މަގުފަހިވާ ކަމެކެވެ.

ހަޖަމުގެ ނިޒާމު ހަރުދަނާކޮށްދޭ:

ލުނބޯ ހުތް ހޫނުފެނާ އެކު ބޯ އިރު، ހޫނު ފެނުން ގޮހޮރުގެ މަސްތައް މަސައްކަތް ކުރުން ހަރުދަނާކޮށްދީ، ގެސްޓްރޮއިންޓެސްޓިނަލް ޓްރެކްޓް އާއި ޕެރިސްޓެލްސިސް ގެ މަސައްކަތްތައް ހަލުވިކޮށްދެއެވެ. އަދި މި ނިޒާމުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް ލުނބޯ ހުތް އެހީތެރިވެދެއެވެ.

ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދޭ:

ލުނބޯ ހުތާ އެކެ ހޫނު ފެން ބުއިމުން ގިނައިން ކުޑަކަމުދެވޭ ގޮތް ވެއެވެ. މިހެން ދިމާވުމުން ކުޑަކަމުދާ ކޮންމެ ފަހަރަކު ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެއެވެ. ގިނައިން ކުޑަކަމުދެވޭ ނަމަ ބޭރުވާ ވިހަމާއްދާތައްވެސް ގިނަވާނެއެވެ. 

ހަށިގަނޑުގެ ހަން ރީތިކޮށްދޭ:

ލުނބޯގައި ހިމެނޭ ވިޓަމިން ސީ ގެ މާއްދާއިން ހަމުގައި ޖެހޭ ރޫތައް ފިލުވައިދީ ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދެއެވެ. އެގޮތުގެ މަތިން ހަންރީތިވެ މީހާގެ ބުރުސޫރަ ރީތިވެއެވެ.

 

ADS BY ASTERS

3 ކޮމެންޓް

 1. ލުނބޯ ހުތަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ގުދުރަތީ މާއްދާއެކެވެ. އެގޮތުން ދުވަސް ފަށާއިރު ހެނދުނު ސައިގެ ގޮތުގައި ހޫނުފެނަށް ލުނބޯ ހުތް އަޅައިގެން ބުއިމަކީވެސް ސިއްހަތަށް ފައިދާކުރާ ކަމެކެވެ.

  މިގޮތަށް ލުނބޯ ހުތް ބޭނުން ކުރުމުން ލިބޭ ފައިދާތަކަށް އަލިއަޅުވާލާނަމެވެ.

  ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ:

  ލުނބޯއަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ޕޮޓޭޝިއަމް ހިމެނިގެންވާ ގުދުރަތީ މާއްދާއެކެވެ. ވިޓަމިން ސީ އިން ރޯގާތަކުން މީހާ ސަލާމަތްކޮށްދޭއިރު ޕޮޓޭޝިއަމް އިން ސިކުނޑިއާއި ނާރުގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކޮށްދީ ލޭ މައްޗަށް ދިއުމުން މީހާ ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

  ހަށިގަނޑުގެ "ޕީއެޗް" އެއްވަރެއްގައި ހިފަހައްޓައިދޭ:

  ލުނބޯގައި އެކުލެވިގެންވާ ސިޓްރިކް އެސިޑަކީ ހަށިގަނޑުގެ އެތެރެއަށް ވާސިލް ވުމުން އަލްކަލައިނަށް ބަދަލުވާ އެއްޗެކެވެ. އަދި ހަށިގަނޑުގެ އެތެރޭގައި އެސިޑިޓީ އުފެދުމުގެ ބަދަލުގައި މިމާއްދާގެ ސަބަބުން ހަށިގަނޑުގެ ސިއްހަތު ރަނގަޅުވާ މަގުފަހި ކުރުވައެވެ.

  ބަރުދަން ލުއިކޮށްދޭ:

  ލުނބޯގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރޭގައި ޕެކްޓިން ފައިބަރ ކިޔާ މާއްދާއެއްވެސް ހިމެނެއެވެ. މި މާއްދާއަކީ އަވަސް އަވަހަށް ބަނޑުހައި ވުމުން މީހާ ދުރުކޮށްދޭ މާއްދާއެވެ. ކެވޭ މިންވަރު މަދު ކުރެވުމަކީ ބަރުދަން ލުއި ކުރުމަށް މަގުފަހިވާ ކަމެކެވެ.

  ހަޖަމުގެ ނިޒާމު ހަރުދަނާކޮށްދޭ:

  ލުނބޯ ހުތް ހޫނުފެނާ އެކު ބޯ އިރު، ހޫނު ފެނުން ގޮހޮރުގެ މަސްތައް މަސައްކަތް ކުރުން ހަރުދަނާކޮށްދީ، ގެސްޓްރޮއިންޓެސްޓިނަލް ޓްރެކްޓް އާއި ޕެރިސްޓެލްސިސް ގެ މަސައްކަތްތައް ހަލުވިކޮށްދެއެވެ. އަދި މި ނިޒާމުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް ލުނބޯ ހުތް އެހީތެރިވެދެއެވެ.

  ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދޭ:

  ލުނބޯ ހުތާ އެކެ ހޫނު ފެން ބުއިމުން ގިނައިން ކުޑަކަމުދެވޭ ގޮތް ވެއެވެ. މިހެން ދިމާވުމުން ކުޑަކަމުދާ ކޮންމެ ފަހަރަކު ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެއެވެ. ގިނައިން ކުޑަކަމުދެވޭ ނަމަ ބޭރުވާ ވިހަމާއްދާތައްވެސް ގިނަވާނެއެވެ.

  ހަށިގަނޑުގެ ހަން ރީތިކޮށްދޭ:

  ލުނބޯގައި ހިމެނޭ ވިޓަމިން ސީ ގެ މާއްދާއިން ހަމުގައި ޖެހޭ ރޫތައް ފިލުވައިދީ ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދެއެވެ. އެގޮތުގެ މަތިން ހަންރީތިވެ މީހާގެ ބުރުސޫރަ ރީތިވެއެވެ.

 2. ވަރަށް ރަނގަޅު މައުލޫމާތު ކޮޅެއް

 3. އަހިވަކާ ބެހޭ މަޢުލޫމާތުކޮޅެއް ގެނެސްދެއްވުން އެދެން. ވައްސަލާމް!