ގިނަ ދުވަސްވާ ވަރަކަށް ދޮންކެޔޮލުގެ ދޮންކަން ކެނޑި އޭގެ ތަންތަން ކަޅުވާ ގޮތް ވެއެވެ. އެހެން ވުމުން ދޮންކެޔޮލުގެ ފޮނިކަން އިތުރުވެއެވެ. ކީއްވެކަން އިނގޭ ހެއްޔެވެ؟ އެއީ ދޮންކެޔޮލުގައި ހުންނަ އެންޒައިމްތައް އެކްޓިވް ވެގެން އޭގައި ހުންނަ ސްޓާރޗް ތައް ހަކުރަށް ބަދަލުކޮށްލާތީއެވެ. އޭގެ ސަބަބުން ދޮންކެޔޮ ހަޖަމް ކުރަންވެސް ފަސޭހަވެގެންދެއެވެ.

ޖަޕާނުގެ ތަޖުރިބާކާރުން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ދޮންކެޔޮލުގެ ތަންތަން ކަޅުވާން ފެށުމުން އެންޓިއޮކްސިޑަންޓްސް އުފައްދާވަރު އިތުރުވެެއެވެ. އަދި ދޮންކޭލުގައި ކަޅުވެފައި ހުންނަ ތަންތަނުގައި "ޓިއުމަރ ނެކްރޯސިސް ފެކްޓަރ" ކިޔާ މާއްދާއެއް އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ކެންސަރ ޖެހިފައިވާ ސެލްތައް މަރާލައެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުުމަށްޓަކައި ދޮންކުލަ ގަދަ ދޮންކެޔޮލަކަށް ވުރެ ކަޅުކުލަ ގަދަ ދޮންކެޔޮ އަށް ގުނަ އިތުރަށް ފައިދާ ބޮޑެވެ.

ހަކުރު ބަލި ހުންނަ މީހުނަށްވެސް މިއީ ވަރަށް ފައިދާ ހުރިި އެއްޗެކެވެ. މިގޮތަށް "ހަލާކުވެފައި" ހުންނަ  ދޮންކެޔޮ ޕީނަޓް ބަޓަރ އާ އެކު ކެއުމުން އޭގައި ހުންނަ ފެޓްތައް ވިރިވެގެންް ލޭގެ ހަކުރު މިންގަނޑު ދަށްކޮށްދެއެވެ.

ADS BY SHEESHA

ދޮންކެޔޮލުގައި ކަޅުކަން ގަދަވި ވަރަކަށް އޭގައި ވިޓަމިން ސީ، ވިޓަމިން ބީ 6، ޕޮޓޭސިިއަމް އަދި އެންޓިއޮކްސިޑަންޓްސް ހުންނަ މިންވަރު އިތުރު ވެއެވެ. އެހެން ކަމުން ދޮންކެޔޮ ކާއިިރު ކަޅުކަންގަދަ ދޮންކެޔޮ ކެއުމުން އޭގެން ކުރާ ފައިދާ މާ ބޮޑު ވާނެއެވެ.

Comments are closed.