ބަނޑުހައިވެފައި ހުރުމުން ކެއުމުގެ ކުރިން ގިނައިން ފެން ބުއިމަކީ ވަރަށް ގިނަ ބަޔަކަށް އާދަވެފައި ވާ ކަމަކެވެ. ބައެއް ފަރާތްތަކަށް ހީވެފައި އޮންނަ ގޮތުގައި އެކަމަކީ އޭގެ ސަބަބުން މާ ގިނައިން ނުކައި ފަރުޖެއްސުމަށްޓަކައި ކުރުން ވަރަށް  ރަނގަޅު އަދި ސިއްހަތައް ފައިދާ ވެސް ހުރި ކަމެކެވެ.

ADS BY SHEESHA

އެހެން ނަމަވެސް ކެއުމުގެ ކުރިން މާ ގިނައިން ފެން ބުއިމަކީ އޭގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭ ފައިދާއަށްވުރެ ބޮޑަށް ގެއްލުންވާ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މި ވަނީ ބުނެފައެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ކެއުމުގެ ކުރިން ގިނައިން ފެން ބުއިމުގެ އިތުރުން ކާއިރުވެސް މާ ގިނައިން ފެންބުއިމަކީ ރަނގަޅު ކަމެއް ނޫން ކަން ދިރާސާތަކުގެ އަލީގައި އެނގެއެވެ. މިގޮތަށް ކަންތައް ކުރުމުން ކާތަކެތީގައި ހުންނަ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތައް ކާނާއިން ދަމައިގަތުމަށް ހުރަސް އެޅޭ ކަމަށްވެއެވެ.

އަދި ފައިދާ ހުރި ކާނާއިން ހަށިގަނޑަށް ލިބެން ޖެހޭ މިންވަރަށް، މާގިނައިނން ފެން ބުއިމުން، ފައިދާ ކުރަނިވި މާއްދާތައް ބޭރު ނުވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކެއުމުގެ ކުރިން 30 މިނެޓާއި 60 މިނެޓާއި ދެމެދުގެ ވަގުތެއް ވަންދެން ފެން ނުބުއިމެވެ. އެހެން ނަމަވެސް ކޮންމެހެން ފެން ބޯން ބޭނުންވެ ކަރުހިއްކާނަމަ ކުޑަކޮށް ފެން ބޮއެ ކަރުހިއްކުން ފިލުވައިލަން ޖެހޭނެއެވެ.

ADS BY SHEESHA

ކެއުމުގެ ކުރިން މާ ގިނައިން ފެން ބުއިމަކީ ހަޖަމް ކުރުމަށް ވެސް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ވެއެވެ. އެހެން ނަމަވެސް އެފަދަ ހާލަތުތަކުގައި ކާން ޖެހިއްޖެ ނަމަ ރަނގަޅަށް ހަފައިގެން ކާތަކެތި ކެއުމަށް އާދަ ކުރުމަކީ ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަމަކެވެ. ސަބަބަކީ ކާތަކެތި ރަނގަޅަށް ހަފައި ކުދި ކޮށްގެން ކެއުމުން އެއިން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބިގަތުމަށް ހަޖަމްކުރާ ނިޒާމަށް އެހީއަކަށް ވުމެވެ.

Comments are closed.