ދޮންކޭލަކީ މިއަދު ގިނަ ދިވެހިންނަށް އަނގަޔަށް މީރު މޭވާ އެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ދޮންކެޔޮ ހެދެއެވެ. ދޮންކޭލަކީ ހަށިގަނޑަށް އެތަކެއް ގިނަ ގުނަ ފައިދާތަކެއް ކުރުވާ އެއް ބާވަތެވެ. ދޮންކެޔޮ ވަކެއް ކާލުމަށް ފަހު އެ ތޮށިގަނޑު އެއްލާލަނީ ކިތައް މީހުންތޯއެވެ؟ ދޮންކޭލުގެ ތޮށި ގަނޑަކީ ވެސް އެއިން އަހަރެމެންނަށް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ.

ދަތްތަށް ހުދުކޮށްދޭ

ދޮންކެޔޮލުގެ ތޮށިގަނޑު ދަތް ތަކުގައި ހޭކުމުގެ ސަބަބުން ދަތުގައި ހުންނަ ޖަރާސީމުތައް ނައްތާލައި ދަތްޕިލާ ސާފުވެ ހުދުވުމަށް މަގުފަހިވެއެވެ. މަދުވެގެން ދުވާލަކު އެއް ފަހަރު މިކަން ކުރާނަމަ ރީތި ދަތްޕިލާއެއްގެ ވެރިއަކަށް ވުމީ ދުރުގާ އޮތް ކަމެއް ނޫނެވެ.

މޫނުގައި ނަގާފައި ހުންނަ ކަޅު ލައްތަކުން ސަލާމަތްކޮށްދޭ

ގިނަ ޒުވާނުން މޫނުގައި ކިތަންމެ ކުޑަ ބިއްސެއް ނެގުމުންވެސް ވަރަށް ކަންބޮޑުވެއެވެ. އެ ނައްތާލުމަށް ގިނަ މަސައްކަތެއް ކުރެއެވެ. މޫނުގައި ނަގާފައި ހުންނަ ކަޅުލައްތަކުން ދުރުކޮށްދޭ ދޮންކެޔޮލުގެ ތޮށިގަނޑަކީ އެ ހޭކުމުން މޫނުގައި ހިމެނޭ ޖަރާސީމުތައްވެސް ނައްތާލާ އެއްބާވަތެވެ.

މަދިރި ހަފާފައި ހުންނަ ތަންތަން ރަނގަޅުކޮށްދޭ

މަދިރި ހެފުމުން ގައިގެ އެތަން މިތަން ރަތްވެ ބައެއް ފަހަރު ފިތް ނަގަންވެސް ދިމާވެއެވެ. މަދިރި ހަފާފައި ހުރި ތަނެއްގައި ދޮންކެޔޮލުގެ ތޮށިގަނޑު ހާކާލުމުން ހަންގަނޑު އޮމާންވެ ހަންގަނޑުގައި ހުންނަ ރަތް ކަން ފިލާގެން ދެއެވެ.

ހަންގަނޑު ރީތިކޮށްދޭ

ދޮންކެޔޮލުގެ ތޮށިގަނޑު ހަންގަނޑުގައި ހޭކުމުގެ ސަބަބުން ހަންގަނޑު އޮމާންވެ ހަންގަނޑުގެ ކުލަ އަލި ވެގެން ދެއެވެ. ހަންގަނޑުގައި ހުންނަ ރޫތައް ފިލުވާލައިދީ މީހާ ތާޒާކަމާއި އެކު ބަހައްޓައިދެއެވެ. ގިނަ ދުވަހުން ޒުވާންކަންމަތީ ދެމިހުރެވެއެވެ.

ADS BY SHEESHA

 

ADS BY ASTERS

Comments are closed.