ސާފްތާހިރުވުމަކީ ދުޅަހެޔޮ ސިއްހަތަކަށްޓަކައި އެންމެ މުހިންމު އެއް ކަމެވެ. ކަންފަތް ސާފު ކުރުމަކީ ވަރަށް ގިނަ ބަޔަކަށް އުދަނގޫ ކަމެކެވެ. އަދި ކުޑަކުދިންގެ ކަންފަތް ސާފު ކުރުމަކީ މައިންބަފއިންނަށް ވަރަށް އުދަނގު ކަމެކެވެ. ކަންފަތް ސާފު ކުރާއިރު "ކޮޓޮން ސްވެބްސް" ނުވަތަ ކަންފަތް ސާފުކުރާ ބުރު ބޭނުން ނުކުރުމަށް ޑަކްޓަރުން ބުނެއެވެ. އެހެންނަމަވެސް މިއީ ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި އެއީ "އެއާ ވެކްސް" ނައްތާލުމަށް އެންމެ ރަނގަޅު އެއްޗެއް ނޫނެވެ. އަދި ހަމައެހެންމެ ބޮޑެތި އެއްޗެހި ކަންފަތަށް ލުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.އަދި މިފަދަ ތަކެތި ކަންފަތަށް ރަނގަޅު ނޫނީ ކީއްވެގެންކަންވެސް އެމެރިކަން އެކަޑެމީ އޮފް އޮޓޮލެރީގޮލޮޖީ- ހެޑް އެންޑް ނެކް ސާޖަރީގެ ޕަނަލް ގައި ތިއްބަވައި ބޭފުޅުން މިވަނީ ކިޔައިދެއްވާފައެވެ.

ކޮޓޮން ސްވެބް" ، ބޮލުގައި ޖަހާ ދަތި، ޕިން"، ޓޫތް ޕިކް، ތަޅުދަނޑި ފަދަ ތަކެތި ކަންފަތަށް ލުމުން، ކަންފަތް ހަލާކުވެ، ގެއްލުން ލިބި، އަޑުއެހުމުގެ ކަށިތައް "ޑިސް ލޮކޭޓް" ވުމަކީ އެކަށީގެންވާ ކަމެވެ. މިއިން ކޮންމެ ކަމެއްގެ ސަބަބުން އަޑުއެހުމުގެ ހިއްސު ގެއްލި، ބޯއެނބުރުމާއި އަދިވެސް އެހެނިހެން ކަންފަތަށް އެކިއެކި ގެލުން ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

މިފަދަ ތަކެތި ބޭނުން ކުރުމުގެ ބަދަލުގައި "ނޭޗާރ" އަށް މިކަން ދޫކޮށްލުންވެސް ރަނގަޅުވާނެއެވެ. އަހަރުމެންގެ ހަށިގަނޑުން އިއާވެކްސް އުފައްދައި ، ކަންފަތް ސާފުކޮށްދީ ހިމާޔަތް ކޮށްދެއެވެ. މިގޮތުން، ހިރަފުހާއި ހަޑިއެއްޗެހި ފަދަތަކެތި ކަންފަތުގައި ހުންނަ ވެކްސްގައި ހަރުލުމުގެ ސަބަބުން، އެ ކަންފަތުގެ ވަކި ހިސާބުން އެތެރެއަށް ނުދެއެވެ. އަދި އަހަރުމެންގެ އަނގައިގެ ހަރަކާތްތަކުގެ ސަބަބުން މިތަކެތި ކަންފަތުގެ ބޭރާ ހިސާބަށް ގޮސް ފެންވަރާ ގަނޑީގައި ސާފުވެގެންދެއެވެ.

ADS BY SHEESHA

އިމްޕެކްޓެޑް އިއާވެކްސް" ބޭނުންކުރާ މީހުން، ކޮޮން ސްވެބްސް ބޭނުންކުރުމުން އިއާވެކްސް ކަންފަތުގެ ވަރަށް އެތެރެއަށްގޮސް އަޑުހުމަށް ގެއްލުން ލިބުމަކީ އެކަށީގެންވާ" ކަމެއް ކަމަށް ޑރ، ޖޭމްސް ބެޓްރީ ބުނެއެވެ.

Comments are closed.