ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް އެކި އެކި ގިނަ ގުނަ މާއްދާތަކެއް ލިބިދެއެވެ. ހަށިގަނޑު ބާރުގަދަކޮށް ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށް ޕޮޓޭސިއަމް އަކީ ހަށިގަނޑަށް ބޭނުންވާނެ ވަރަށް މުހިއްމު އެއް މާއްދާއެވެ. ޕޮޓޭސިއަމް ހަށިގަނޑުން މަދުވުމުން ފެންނަ ޢަލާމާތްތަށް އެނގޭ ހެއްޔެވެ؟

-ލޭ މައްޗަށް ދިޔުން

ލޭ ރަނގަޅު މިންވަރެއްގައި ހުރެފައި ކުއްލިއަކަށް ނޫނީ އަވަސް އަވަހަށް ލޭ މައްޗަށް ދަނީ ކަމުގައި ވާނަމަ މިއީ ހަށިގަނޑުން ޕޮޓޭސިއަމް މަދުވުމުގެ ޢަލާމާތެކެވެ. ޕޮޓޭސިއަމް މި މާއްދާ އަކީ ލޭގެ މިންވަރު އެއް ހަމަ އެއްގައި ހިފަހައްޓައިދޭ މާއްދާއެކެވެ.

-ކުއްލި ކުއްލި އަށް މޫޑު ބަދަލުވުން

އުފާވެފައި ހުރެފައި ކުއްލިއަކަށް ކަމަކާ ނުލައި ރުޅި އާދޭ ހެއްޔެވެ؟ ނޫނީ ދެރަވޭ ހެއްޔެވެ؟ މި ކަންތައް ތައް މި ދިމާވަނީ ހަށިގަނޑުން މި މާއްދާ މަދުވުމުގެ ސަބަބުންނެވެ. އަވަސް އަވަހަށް ދެރަވެ، ރުޅިއައިސް އުފާވެ މި ކަންތައްތައް ވުމަކީ މީގެ ހެއްކެވެ.

-ގައިގައި އެތަން މިތަނުގައި ރިއްސުން

ހަށިގަނޑުގެ މަސްތަކަށް ވާން ކުރޭ ހެއްޔެވެ؟ މަސްގުޅަ ކައިފައި ހުރޭ ހެއްޔެވެ؟ ގައިގައި ރިއްސުމަކީ ޕޮޓޭސިއަމް މަދުވުމުގެ ޢަލާމާތެކެވެ.

.ހަށިގަނޑުން ޕޮޓޭސިއަމް ގިނަ ކުރުމަށްޓަކައި އެކި ވައްތަރުގެ މޭވާ ކެވިދާނެއެވެ. މީގެ ތެރޭގައި އަނބު، ކިވީ، ސްޓްރޯބެރީ، އެވަކާޑޯ އަދި އޮރެންޖް ކެވިދާނެއެވެ.

 

Comments are closed.