މާމުއި އަކީ އެއިން ތިބާގެ ހަށިގަނޑަށް އެތަކެއް ފައިދާ ތަކެއް ކުރުވަދޭ އެއްޗެކެވެ. މާމުއި ފެނަކީ ވެސް ހަމަ މިފަދަ ބާވަތެކެވެ. މިއިން އިންސާނާގެ ހަށިގަނޑަށް ލުއިކަން ގެނެސްދީ ފުރިހަމަ ސިއްހަތެއްގައި މީހާ ބަހައްޓައިދެއެވެ.

ADVERTISEMENT

ބަރުދަން ލުއިކޮށްދޭ

މާމުއިގައި ހަކުރާއި ފޮނިކަން ހުރި ނަމަވެސް އެއީ ޤުދުރަތީ ހަކުރެވެ. ހަކުރު އަޅައިގެން ހަދާފައި ހުންނަ ފޮނި ކާތަކެތި ކާ ހިތްވާ ނަމަ، މާމުއި ބޭނުންކުރުމުން ފުދޭނެ އެވެ. ހަކުރު އަޅައިގެން ހަދާފައި ހުންނަ ބުއިންތަކުގެ ބަދަލުގައި މާމުއި ފެން ވެސް ބޭނުންކުރެވިދާނެ އެވެ. ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކުރާ ނަމަ، ހަށިގަނޑަށް އެތެރެވާ ކެލޮރީ ވެސް 64 އިންސައްތަ މަދުވާނެ އެވެ. މީހާ ހިއްކާލުމަށް ނުވަތަ އަވަހަށް ލުއިވާން ބޭނުންނަމަ މާމުއި ފެން އިޚްތިޔާރު ކުރާށެވެ.

ހަންގަނޑު ސާފު ކޮށްދޭ

މާމުޔަކީ ޤުދުރަތީ އެންޓި އޮކްސިޑަންޓެކެވެ. މާނައީ، އޭގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާގެ ސަބަބުން ހަށިގަނޑުގައި ހުރި ނަޖިސް މާއްދާތައް ބޭރު ކޮށްދެ އެވެ. އެހެންކަމުން ހަށިގަނޑުގެ ބޭރުގައިވާ ހަންގަނޑު ރީތިވެ، ދޮންވެ، ސާފު ވެ އެވެ. ހަންގަނޑު އޮމާންކޮށްދީ އަލި ވެގެން ދެއެވެ.

ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭ

ތާފަނާ ފެނަށް މާމުއި އަޅައިގެން ބުއިމުން ހަށިގަނޑުގައި ހުންނަ ނަޖިސް ތަކެތި ބޭރުކޮށްދީ ވިހަ މާއްދާ ތައް ވެސް ބޭރުކޮށްދެއެވެ.

 

 

 

 

 

Comments are closed.