ފިރިހެނެއްގެ ޝަޚްސިއްޔަތު ދައްކުވައިދެނީ އެމީހެއްގެ ހުންނަ ތުނބުޅިންނެވެ. މީހާގެ ސްމާރޓް ކަން ފުރިހަމަ ވެގެން ދެއެވެ. ގިނަ އަންހެނުންނަށް ވެސް ތުނބުޅި ހުންނަ ފިރިހެނުން ނުހަނު ކަމުދެއެވެ. ތުނބުޅި ހުރުމަކީ ބެކްޓީރިޔާ ތަކުން މީހާ ސަލާމަތްކޮށްދޭ ކަމެކެވެ. އެނގޭ ހެއްޔެވެ؟ ތުނބުޅި ނުހުންނަ މީހުންގެ މޫނުގައި މާ ގިނަ ބެކްޓީރިޔާ ހުރެއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު އިން އާއްމުކޮށްފައިވާ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ތުނބުޅި ބާލައިގެން ތިބޭ މީހުންގެ މޫނުގައި ބެކްޓީރިއާ އާލާވާ މިންވަރު އިތުރެވެ.

ހޮސްޕިޓަލެއްގައި މަސައްކަތްކުރާ 408 މީހުން ބައިވެރިކޮށްގެން ކުރި އެ ދިރާސާއިން އެނގިފައިވާ ގޮތުގައި މެތިލިސިލިން ރެސިސްޓެންޓް ސްތެފްއޯރަސް ނަމަކަށް ކިޔާ ބެކްޓީރިއާއެއް ތުނބުޅި ބާލައިގެން ތިބޭ މީހުންގެ މޫނުގައި އާލާވާ މިންވަރު، ތުނބުޅި ބަހައްޓާ މީހުންނަށް ވުރެ ތިން ގުނަ އިތުރެވެ. އަދި ސްޓެފިލޯ ކޯކަސް އޯރަސް ނަމަކަށް ކިޔާ ބެކްޓީރިއާއެއް އާލާވާ މިންވަރު ތުނބުޅި ބަހައްޓާ މީހުންނަށް ވުރެ 10 ޕަސެންޓް އިތުރެވެ.

ADS BY SHEESHA

ހަމަމިއާއެކު ތުނބުޅި ގިނައިން ބާލާ މީހުން އަވަހަށް މުސްކުޅިވެ، ހަންގަނޑުގައި ރޫ ޖެހުމަށް މަގުފަހިވެގެން ދެއެވެ. ފިރިހެނުން މޫނު ރީތިކޮށް ބެހެއްޓުމަށް ބޭނުންނަމަ ތުނބުޅި ބެހެއްޓުން ބުއްދިވެރިއެވެ. .

Comments are closed.