އެވަކާޑޯ އަކީ މިހާރު އާންމު މޭވާއެކެވެ. ގިނަ މީހުންނަށް އެވަކާޑޯ ކަމުދާއިރު އެވަކާޑޯގެ އޮށުންވެސް މީހާ އަށް ގިނަ ފައިދާ ތަކެއް ކުރުވައެވެ.

ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވޭ

އެވޮކާޑޯގެ އޮށުގައި ވަރަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވިގެންވެ އެވެ. އެގޮތުން އޭގެ އޮށް ކެއުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރުގެ ލެވެލް ވެސް ހިފަހައްޓައިދެ އެވެ. ހަމައެއާ އެކު، ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ.

ހިތަށް ވެސް ވަރަށް ރަނގަޅު ކާނާއެއް

އެވޮކާޑޯގެ އޮށަކީ "އެންޓި އިންފްލެމޭޓަރީ" ކާނާ އެކެވެ. އެއީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ ކާނާއެކެވެ. ހަމައެއާ އެކު، އޭގެ އޮށް ކެއުމުން ހިތް ހުއްޓުމާއި އެހެނިހެން ހިތުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

އެންޓި އިންފްލެމޭޓަރީ ކާނާއެއް

ADS BY SHEESHA

އެވޮކާޑޯގެ އޮށަކީ "އާތުރައިޓިސް" ބަލި ޖެހިފައި ތިބޭ މީހުންނަށް ވެސް އޮތް ފަރުވާއެކެވެ. އެގޮތުން އެ ބަލި ޖެހުމުން ދިމާވާ ހުޅުހުޅުގައި ރިއްސުމުގެ މައްސަލައަށް ވެސް އެވޮކާޑޯގެ އޮށުން ފަރުވާ ހޯދޭނެ އެވެ. އަދި ކެންސަރު ޖެހުމުންވެސް ދުރުކޮށްދެއެވެ. .

Comments are closed.