"ރުމެޓޮއިޑް" އާރތްރައިޓްސް އަކީ ހުޅުތަކަށާއި ހަށިގަނޑުގެ އެހެނިހެން ބައިތަަކަށް ވެސް ޖެހޭ ވަރަށް ސީރިއަސް "އޮޓޯއިމިއުން" ބައްޔެކެެވެ. އެހެންނަމަވެސް މިބައްޔަކީ ދެނެގަންނަށް އުދަނގޫ އަދި އޭގެ އަލާމާތްތައް ވެސް ފެންނަ މިންވަރު ކުޑަ ބައްޔެކެވެ. އަދި ހަމަ އެހެންމެ ލެބް ޓެސްޓް ހެދި ކަމުގައިވިޔަސް އޭގެ ނަތީޖާ އެންމެ ފުރިހަމަ އަށް އެނގިގެން ނުދެއެވެ. އެކްސްރޭ އިންވެސް މި ބަލި ހުންނަ ކަން ޔަގީން ވަނީ ގިނަ ދުވަސް ވުމުންނެވެ.

އެހެންނަމަވެސް ސިއްހީ މާހިރުން، ރުމެޓޮއިޑް އާރތްރައިޓްސް އަށް ސަމާލުުވުމަށްޓަަކައި ފާހަގަ ކުރާ އަލާމާތްތައް މި ލިޔުމުގައި ފާހަގަ ކޮށްލަނަމެވެ.

1: ހާނިކަ ވާ ތަންތަށް ރަނގަޅުވުމަށް ގިނަ ދުވަސްވުން

ތަނބިކަށި ފަދަ ތަނަކަށް ހާނިކަވެ އެތަން ރަނގަޅުވުމަށް އާދަޔާ ޚިލާފާށް ގިނަ ދުވަސް ނަގާނަމަ އެއީ ރުމެޓޮއިޑްގެ ސަބަބުން ވާކަމެއް ކަމަށްވުމީ އެކަށީގެންވާ ކަމެކެވެ.ނިއު ޔޯކް ގެ ހޮސްޕިޓަލް ފޮރ ސްޕެޝަލް ސާރޖްރީ ގައި މަސައްކަތް ކުރައްވާ ރުމެޓޮލޮޖިސްޓެއް ކަމަށްވާ ލިސާ މެންޑަލް ބުނާ ގޮތުގައި މިފަދަ ކަންތައް ދިމާވުން އެންމެ ގިނައީ އުމުރުން ޒުވާން ކުދިންގެ ކިބައިގައެވެ

2: އަތުގެ ހުޅު އައްސިވެ ހިރުވުން

ރުމެޓޮއިޑް ގެ އެއް އަލާމާތަކީ "ކާޕަލް ޓަނެލް ސިންޑްރޯމް" އެވެ. މިއީ އަތާއި އަތުގެ ހުޅު އައްސިވެ ހިރުވުމެވެ..އަދި ހަމައެހެންމެ އަތް ދުޅަވެ އަތުގެ ނާރުތައްވެސް މައްޗަށް އަރައި ރީތިކޮށް ފާޅުވާން ހުންނާނެއެވެ. މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ޑަކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

3: ފައިގެ މައްސަލަތައް ދިމާވުން

ރުމެޓޮއިޑްގެ ސަބަބުން އެންމެ ބޮޑަށް ތަދުވާ އެއް ތަނަކީ ފައެވެ. އެގޮތުން ވަރަށް ގިނަ މީހުންގެ ފުންނާބަށް ތަދުވެ ފުންނާބުގެ ޓިޝޫތައް ދުޅަވެ އެވެ.  ބައެއް އަންހެނުން އުސް ފައިވާނަށް އެރުމަށް ފަހު ފަޔަށް ތަދުވާތީ ޕޮޑިއެޓްރިސްޓް އަކަށް ދައްކައެވެ.

4: ލޮލުގެ މައްސަލަތައް ދިމާވުން

ރުމެޓޮއިޑް ހުންނަ މީހުން، ލޮލުގެ މައްސަލަތައް ދިމާވެ، ލޮލާއި، ނޭފަތާއި ކަރުތެރެ އަދި ހަންގަނޑު ހިކެން މެދުވެރިވެއެވެ. މިއީ "ގްލޭންޑް" ތަކުން އުފައްދާ މޮއިސްޗަރ އުފެދުން ހުއްޓުމުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ޑރ. މެންޑަލް ބުނެއެެވެ.

ADS BY THE PIZZA MANIA

 

ADS BY ASTERS

Comments are closed.