ދަށްފައި ނުވަތަ ފައިގެ ހުދުހަމުގައި ރިއްސުމަކީ ބައެއް މީހުންނަށް ސިއްޙީގޮތުން ދިމާވާ ބޮޑު މައްސަލައެކެވެ. ތަފާތު ޑޮކްޓަރުންނަށް ދައްކާ ގިނަ ފަރުވާތަކެއް ކުރިނަމަވެސް ދާއިމީ ޙައްލެއް ނުލިބި މި ވޭނުގައި އުޅެންޖެހިފައިވަނީ މަދުބައެއް ނޫނެވެ.

މެގްނީޒިއަމް އަކީ ހަށިގަނޑަށް ބޭނުންވާ އެތައް ސަތޭކަ ބަޔޯކެމިކަލް ރިއެކްޝަނަކަށް ބޭނުންވާ ވަރަށް މުހިންމު މިނެރަލްއެކެވެ. އޭގެ މައިގަނޑު ވަޒީފާ އަކީ ނާރުތަކާއި މަސްތަކަށް އެހީތެރިވުމެވެ. އެކަމަކު މިއީ ދިފާއީ ނިޒާމާއި ކަށިތައް ވަރުގަދަކޮށް އަދި ލޭގައި ހިމެނޭ ހަކުރު ކޮންޓްރޯލްކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމުގައި ވެސް އެހީވާ މާއްދާއެކެވެ. ދަށްފައިގައި ދާއިމީ ގޮތެގައި ރިއްސުމަށް ދިމާވާ މައިގަނޑު އެއްސަބަބަކީވެސް މެގްނީޒިއަމް މަދުވުމެވެ.

އެމެރިކަން ހޯލިސްޓިކް މެޑިކަލް އެސޯސިއޭޝަންގެ ޑޮކްޓަރެއްކަމުގައިވާ ޑރ.ނޯމަން ޝީލީ އިސްވެ ހުންވައިގެން ހެދި ދިރާސާއަކުން އެނގުނީ ފުންނާބާއިއެކު ފައިގެ ދަށްފުށުގައި ރިއްސާ %75 ޕަސަންޓް މީހުންނަށް އެކަން އެދިމާވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްހަށިގަނޑުގައި މެގްނީޒިއަމް ނެތުމެވެ.

ވީމާ ދަށްފައިގަ ރިއްސާނަމަ މެގްނެސިއަމް އެކުލެވޭ ކާނާ ގިނައިން ކެއުން މުހިންމެވެ. އެގޮތުން އެވަކާޑޯ، ފެހި ފަތުގެ ބާވަތްތަށް، ބީންސް، ކަނޑު މަސް އަދި ޔޯގަޑް އަކީ މެގްނެސިއަމް ގިނައިން އެކުލެވޭ ބައެއް ކާނާ އެވެ.

ADS BY SHEESHA

 

Comments are closed.