ޑިޕްރެޝަން އާއި އެންޒައިޓީ އަކީ ވަރަށް ގިނަ ބަޔަކަށް  މިހާރަކަށްއައިސް ކުރިމަތިވާ ކަމެކެވެ. އަވަހަށް ފަރުވާ ނުހޯދިއްޖެނަމަ ވަރަށް ނުރައްކާވެސް ވާ ކެެމެކެވެ.އެހެންނަމަވެސް ކޮންމެ ކޮންމެ މީހަކަށް  މިބަލީގެ މާހިރެއް ކައިރިއަށް ދިޔުމަކީ ފަސޭހަ ކަމަކަށްވެސް ނުވެދާނެއެވެ. ބައެއް މީހުންނަކީ މީހުންނާއި ވާހަކަ ދައްކަން އުދަނގޫ މީހުންވެ. އަނެއްބައިމީހުންނަށް "ބިޒީ" ކަމުން ފަރުވާ ހޯދަން ދާނެ ވަގުތު ނުލިބޭއިރު އަދިވެސް އެހެނިހެން ކަންތައްތަކުގެ ސަބަބުން ފަރުވާ ހޯދުމަކީ އުދަނގޫކަމަކަށް ވެދާނެއެވެ.

އެހެންނަމަވެސް ފަހުގެ ދިރާސާއަކުން ދެއްކިގޮތުގައި މޮބައިލް ފޯން ބޭނުންކޮށްގެންވެސް މިބައްޔަށް ފަރުވާ ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތުން މިކަމަށްހާއްސަ ކުރެވިފައިވާ "އެޕް" ބޭނުންކޮށް ޑިޕްރެޝަނާއި އެނަޒައިޓީއަށް ވަަރަށް ފަސޭހައިން ލުއިކަން ލިބޭކަމަށް ވެއެވެ. އެގޮތުން ނޯތްވެސްޓާން ކްލިނިޝަން ގެ ފަރާތުން "އިންޓެލި ކެެއާރ" ގެ ނަމުގައި މިވަނީ 13 މިނިއެޕް ފަރުމާކޮށްފައެވެ. މީގައި ތެރަޕިސްޓުން ބޭނުން ކުރާ ޓެކްނިކްސް ތަކާއި މައުލޫމާތުތައް ހިމެނިފައިވެއެވެ.

މި އެޕް ގެ ސަބަބުން ދިރިއުޅުމުގައިވެސް ފައިދާވޭތޯ ބެލުމުގެ ގޮތުން ޑިޕްރެޝަނާއި އެންޒައިޓީ ހުންނަ 96 މީހުން ވަނީ މި  އެޕް ބޭނުން ކޮށްފައެވެ. 8 ހަފްތާވަންދެން މި އެޕް ބޭނުން ކުރުމުގެ ސަބަަބުން، އެމީހުންގެ ބައްޔަށް 50 އިންސައްތައިގެ ލުއި ކަމެއް އައި ކަމުގައި ދިރާސަކުރި ފަރާތުން ބުނެއެވެ.

މި ނަތީޖާ އަކީ ކުޑަ މުއްދަތެއްގެ ނަތީޖާއެއްކަމުގައި ވީނަމަވެސް ، އެޕް "ޑިވެލޮޕް" ކުރި ފަރާތްތަކުން ބުނާ ގޮތުގައި ތެރަޕިސްޓެއް ކައިރިއަށް ގޮސް ފަރުވާ ހޯދުމަށްވުރެ، އެޕް ބޭނުން ކުރުމުން ފެންނަ ނަތީޖާ މާ އަވަސްކަމަށާއި ރަނގަޅު ކަމަށެވެ.

ސިކުނޑީގެ މައްސަލަތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގިނަ އެޕް ތަކަކީ ހަމައެކަނި ރަނގަޅުވުމަށް ހަދާފައިވާ އެންމެ ސްޓްރެޖެޓީއެއްކަމަށްވީނަމަވެސް ، "އިންޓެލިކެއާ" ގައި ސްޓްރެސް މަދު ކުރުމަށް ތަފާތު ކަސްރަތުތައް އެކުލަވާލައިފައި ވާނެކަމަށާއި އަދި ކޮންފިޑެންސް އަށަގަންނާނެ ގޮތާއި ކަންކަމާއި ވިސްނައި ހާސްވުން ކުޑަ ކުރާނެ ގޮތާއި ނިދީގެ މުހިންމުކަމާއި އަދިވެސް މި ބައްޔާއި ގުޅޭވަރަށް ގިނަ ކަންތައްތައް ހިމެނިފައިވާނެ ކަމަށް ފަރުމާކުރި ފަރާތުން ބުނެއެވެ.

މި އެޕްގެ ސަބަބުން ޑިޕްރެޝަންއާއި އެންޒައިޓީ ހުންނަ މީހުންނަށް ވަރަށް ފަސޭހައިން ކޮންމެ ވަގުތެއްގައި ވެސް އެހީ ހޯދޭނެއެވެ. އަދި ގިނަ ވަގުތު ބޭނުން ކުރެވި ސިކުނޑިއަށް ލުއިކަން ލިބިގެންދާލެއްވެސް އަވަސް ވާނެއެވެ.

ADS BY SHEESHA

 

ADS BY ASTERS

Comments are closed.