ލުބޯ އަކީ ދިވެހިންގެ ތެރޭގައި އާންމުކޮށް އެންމެ ގިނައިން ބޭނުން ކުރާ އެކައްޗެވެ. އާންމު ގޮތެއްގައި ކެއުމުގައި ބޭނުން ކުރިނަމަވެސް މިއީ އެހެނިހެން ކަންތައްތަކަށް ވެސް ވަރަށް ފައްކާ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ ސިއްހީ އެތައް ފައިދާތަކެއް ލިބިދޭ އެއްޗެއްވެސްމެއެވެ.

1: ޑައިޓްރީ ވިޓަމިން ސީ

ލުބޯ ފަނި ބޯކަމުގައި ވާނަމަ، ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ލިބޭނެއެވެ. ސިއްޖީ މާހިރުން ބުނާގޮތުގައި ތާޒާ ލުބޯއިން ގިރާފައި ހުންނަ ފަނީގައި 72.6 މިލިގްރާމުގެ ވިޓަމިން ސީ ހުންނާނެއެވެ.  ވިޓަމިން ސީ އަކީ ހަށިގަނޑަށް ވަރަށް މުހިންމު ބައެކެވެ. މިއިން ޓިޝޫތައް "ރިޕެއަރ" ކޮށްދީ، ކަށްޓާއި ދަތްތައް "މެއިންޓެއިން" ކޮށްދިނުމަށް އެހީތެރިވެދެއެވެ.

2: އެންޓިބައޮޓިކް ޕްރޮޕަޓީސް

ލުބޯގައި ފްލޭވޮނަލް ގްލައިކޮސައިޑް ކިޔާ ބާވަތެއް ހިމެނެއެވެ. މިއިން އެންޓިކެންސާ އަދި އެންޓިއޮކްސިޑެންޓް ގެ ފައިދާތައް ލިބިދިނުމުގެ އިތުރުން އެންޓިބައޮޓިކްގެ ފައިދާވެސް ލިބޭ ކަމުގައި ސިއްހީ މާހިރުން ބުނެއެވެ. މީގައި ހުންނަ އެންޓިބައިޓިކް އިންވިބްރިއޯ ކޮލެރާ ކިޔާ ބައްޔަކުން ސަލާމަތް ކޮށްދެއެވެ.

3: ހަންގަނޑަށް ވެސް ރަނގަޅު

ލުބޯ އަކީ ހަމައެކަނި ކެއުމަށް  ބޭނުން ކުރާ އެއްޗެއް ނޫނެވެ. ލުބީގައި ހުންނަ ގުދުރަތީ ތެލުގެ ސަބަބުން ވަރަށް ގިނަ ފައދާތަކެއް ހަންގަނޑަށް ވެސް ލިބިދެއެވެ. ލުބޯލުގެ ސަބަބުން ހަންގަނޑުން އޮމާންވެ "ގްލޯ" ވެއެވެ. އަދި ހަމައެހެންމެ ނުބައި ވަސް ފިލުވައި އިންފެކްޝަން ޖެހުމުން ދުރުކޮށްދެއެވެ. ހަންގަނޑުގައި ހަލާކުވެ ފާރުވެފައި ހުންނަ ތަންތަނުގައި ލުބޯ ހޭކުމުންމަރުވެފައި ހުންނަ ސެލް ތަކާއި ޑޭންޑްރަފްސް ވެސް ފުހެލައެވެ.

4: ކޮންސްޓިޕޭޝަން

ADS BY SHEESHA

ލުބޯގައި ހުންނަ އެސިޑްގެ ސަބަބުން "އެކްސިރޭޓްރީ ސިސްޓެމް" ސާފުކޮށްދެއެވެ.  ބައެއް އެސިޑްތައް ފާހަނާ ފަދަ ތަންތަން ސާފު ކުރަން ބޭނުން ކުރާ ފަދައިން ލުބޯ އަކީ އިންސާނާގެ ހަށިގަނޑު ސާފުކޮށްދޭ އެއްޗެކެވެ. މިގޮތުން ލުބޯގެ ސަބަބުން ކޮންސްޓިޕޭޝަން ހުންނަ މީހުންނަށް މިކަމަށް ލުއި ކަން ވެސް ލިބެއެވެ

ADS BY ASTERS

Comments are closed.