މާބަނޑު އިރު ހަށިގަނޑަށް ފައިދާ ކުރާ ކާނާ ކާނާ ކާންޖެހެއެވެ. ފަލަމަޑީގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާ ގިނަ ގިނައިން ކާން ޖެހެއެވެ. ދާދި ފަހުން ކުރި ދިރާސާ އެއްގައި ވިސްނުންތޫނު ދަރިން ބޭނުންވާނަމަ މޭވާ ގިނައިން ކާންޖެހޭކަން ވަނީ ހާމަވެގެން ގޮސްފައެވެ.

މި ދިރާސާ ކުރީ މާބަނޑުއިރު ގިނައިން ދޮންކޭލާއި ބެރީޒް އާއި ތަފާތު ވައްތަރުގެ މޭވާ ގިނައިން ކާ މައިންނަށް ލިބިފައިވާ ދަރިންނަށް އެއް އަހަރު ވުމަށްފަހު އެކުދިންގެ ވިސްނުމުގެ ހުނަރު މޮނިޓަރ ކޮށްގެންނެވެ. މި ޓެސްޓުގެ ނަތީޖާ ދެއްކިގޮތުން އެހެން ކުދިންނާ އަޅާބަލާއިރު މިކުދިން ޓެސްޓުން މާ މަތި ހޯދި އެވެ.

މާބަނޑު ދުވަސްވަރު ގިނައިން މޭވާ ކެއުމަކީ މައިމީހާ އަށާއި ކުއްޖާއަށް އެއިން ގިނަ ފައިދާތަކެއް ކުރުވާ ކަމެކެވެ. ދެ މައިންގެ ސިއްހަތު ރަނގަޅުވެ ކުއްޖާގެ ސިއްހީ ބޮޑެތި މައްސަލަތަކުން ދުރުކޮށްދެއެވެ.

މާބަނޑު ދުވަސްވަރު މި އަންހެނުންގެ ކެއުމުގައި ހިމެނި ފައިބަރާއި ކެލޮރީޒް އަދި އޮމެގާ 3 އަދި މި ނޫންވެސް މާބަނޑު ވުމާ ގުޅިގެން ކައި އުޅޭ ކެއުންތަކުގެ ސަބަބުން މި ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ

ADS BY ASTERS

Comments are closed.