ފުންނާބުގައި ރިހުމަކީ ފައިގެ އެކި އެކި މައްސަލަ ތަކުގެ ތެރެއިން އެންމެ އާންމު ކަމެވެ. މިއީ އާންމުކޮށް ކުއްލި ކުއްލިއަށް ވާކަމެއްކަމުގައި ވިނަމަވެސް ބައެއް ފަހަރު ހެނދުނު ގަނޑީގައި ބޮޑަށް ތަދުވާ ކަމުގައި ޑޮކްޓަރުން ފާހަގަ ކުރެއެވެ. ފުންނާބުގައި ރެނދުލުމާއި، ހަލާކުވުމާއި، ނާރު ފުފުން ފަދަ ކަންކަމީ އާންމު ގޮތެއްގައި ފުންނާބުގައި ރިހުމަށް މެދުވެރިވާ ކަންކަމެވެ. މީގެ އިތުރުން ބަރުދަން އިތުރުވުމުގެ ސަބަބުންނާއި ހަރުތަނެއްގައި ބާރަށް ފައި ޖެހުމުން ވެސް ފުންނާބަށް ތަދުވެއެވެ.

ADS BY SHEESHA

ފައިގެ ފުންނާބަށްތަދުވާ ކަމުގައިވާނަމަ ގޭގައި ބޭނުންކުރާ ތަކެތި ބެނުން ކޮށްގެންވެސް މިކަމަށް ހައްލެއް ހޯދިދާނެއެވެ. އެހެންނަމަވެސް ފުންނާބުގެ ރިހުން މާ ގަދަ ވާކަމުގައިވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.

1: ގަނޑުފެން

އެންމެ ފަސޭހައިން، އެންމެ އަވަހަށް ފުންނާބުގެ ރިހުން ރަނގަޅު ކުރެވޭނެ އެއްގޮތަކަކީ ގަނޑުފެން ފުންނާބުގައި ޖައްސައިގެންނެެވެ. ފިނި ޓެމްޕަރޭޗަރ ގެ ސަބަބުން ފައި އައްސިވެ ތަދުކަނޑުވައެވެ. އެހެންނަމަވެސް ސިދާ ގަނޑުފެން ފައިގައި ޖެއްސުމަކީ ރަނގަޅުކަމެއް ނޫނެވެ. މިކަމުގެ ސަބަބުން "ފްރޮސްބައިޓް" ޖެހެން މެދުވެރިވެއެވެ. އެހެންކަމުން "ޑައިރެކްޓް" ކޮށް ބޭނުން ކުރުމުގެ ބަދަލުގައި ގަނޑުފެންގަނޑު ތުވާއްޔެއް ފަދަ އެއްޗަކަށް ލުމަށް ފަހު ބޭނުން ކުރުން މުހިންމެވެ.

2: މަސާޖްކުރުން

މަސާޖު ކުރުމަކީ ވެސް ފުންނާބުގެ ރިހުމުން، ވަރަށް އަވަހަށް ތަދު ފިލައިގެންދާ ކަމެކެވެ. އެހެންނަމަވެސް މިއީ ދިގުމުއްދަތަށް ތަދު ކެނޑިގެންދާ ކަމެއް ނޫނެވެ. މަސާޖުކުރުމުގެ ސަބަބުން އެވަގުތަށް ތަދު ކެނޑިގެންދެއެވެ.މަސާޖުގެ ސަބަބުން ޕްރެޝަރ ދަށްކޮށްދީ، މަސްތައް ރިލެކްސް ކޮށްދެއެވެ. އަދި މީގެ އިތުރުން ލޭދައުރުވުން ވެސް ރަނގަޅުކޮށްދެއެވެ. އެގޮތުން މަސާޖު ކުރާއިރު ކޮންމެ ވައްތަރެއްގެ ތެލެއްވެސް ބޭނުން ކުރެވިދާނެއެވެ.

3:ރީނދޫ

ގުދުރަތީ ތަކެތީގެ ތެރެއިން، ތަދުކެނޑުވުމަށް އެންމެ ރަނގަޅު އެއްބާވަތަކީ ރީނދޫއެވެ. ރީނދޫގައި ހިމެނޭ "ކާކިއުމަން"އަކީ ތަދުކެނޑުވުމަށް ވަރަށް ރަނގަޅު އެއްޗަކަށް ވުމުގެ އިތުރުން އެންޓި އިންފްލެމެޓްރީ އެޖެންޓެކެވެ. އެގޮތުން އެއް ޖޯޑު ފެނުގެ ތެރެއަށް އެއް ސައިސަމުސާ ރީނދޫ އެޅުމަށްފަހު މަޑު ގިނީގައި 5 މިނެޓް ވަންދެން ހޫނު ކޮށްލާށެވެ. ދެންއެއަށްފަހު ކުޑަ މާމުއި ކޮޅެއް އެޅުމަށް ފަހު ކޮންމެ ދުވަހަކު  ދެއިރު އެ ބޯށެވެ.

4:އިނގުރު

ADS BY SHEESHA

ފުންނާބުގައި ރިހުމަކީ މަސްތަކަށް ލިބިފައި ހުރި ގެއްލުމަކުން ކަމުގައި ވާނަމަ އިނގުރު ބޭނުން ކުރުމަކި ވަރަށް ރަނގަޅު ކަމެކެވެ. 2010 ވަނަ އަހަރު ޝާއިއު ކުރި ހެލްތު ރިޕޯޓެއްގައި ވާގޮތުން އިނގުރަކީ މަސްތަކުގައި ރިހުން ކުޑަކޮށްދޭ އެއްޗެކެވެ. އިނގުރުގައި އެންޓި އިންފްލެމެޓްރީ އާއި ތަދު ކެނޑުވުމުގެ ވަރަށް ގިނަ "ޕްރޮޕަޓީސް" ހިމެނެއެވެ. އެގޮތުން ކޮންމެ ދުވަހަކު އިނގުރުގެ ސައި ބުއިމާއި ކެއުމުގައިވެސް އިނގުރު ބެނުން ކުރުން މުހިންމެވެ. އަދި މީގެ އިތުރުން މަސާޖް ކުރާއިރު އިނގުރު ތެޔޮ ބޭނުން ކޮށްގެންވެސް މަސާޖް ކުރެވިދާނެއެވެ.

ADS BY MONARK

Comments are closed.